ފިނޭންސް މިނިސްޓްރީ

ބީލަންވެރިންގެ މަހާސިންތާ ފަށައިފި

ދައުލަތުގެ ބީލަންވެރިންނަށް ހާއްސަކޮށް ފިނޭންސް މިނިސްޓްރީން "ބީލަންވެރިންގެ މަހާސިންތާ 2019" ނަމުގައި މަހާސިންތާއެއް މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީ ހޯލްގައި މިއަދު ފެށި މަހާސިންތާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނަމިކް މިނިސްޓަރު ފަައްޔާޒު އިސްމާއީލް ބައިވެރިވަޑައިގެންނެވި އެވެ.

މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ބީލަން ވެރިންގެ މަސައްކަތް ދެފުށް ފެންނަ ގޮތަަކަށް ކުރުމަށްޓަކައި ސަރުކާރުގެ އޮފީހަކުން ބީލަމުގެ މަރުހަލާ ކުރިއަށް ގެންދަނީ މާލިޔަތު ގަވާއިދާ އެއްގޮތަށްތޯ ބަަލަން މިނިވަން ކޮމެޓީ އެއް އުފައްދަވާފައިވާ ކަމަށެވެ.

އަދި ދިވެހި ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ކޮންސްޓްރަކްޝަން ދާއިރާގެ މަޝްރޫއު ތަކުގެ ތެރެއިން އެ މަޝްރޫއުގެ އަގު ވަކި ވަރަކަށް ކުޑަ މަޝްރޫއު ތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ވާދަ ކުރެވޭނެ ގޮތް ހަމަޖައްސަން ވެސް ނިންމާފަވާ ކަމަށެވެ.

މި މަހާސިންތާއަކީ ބީލަންވެރިންގެ މަސައްކަތަށް އަންނަ ބަދަލުތަކަށް ބީލަންވެރިން އަހުލުވެރިކުރުމާއި ދިމާވާ ދަތިތައް މަޝްވަރާކޮށް އެކަމުގެ ހައްލު ހޯދަން ބާއްވާ މަހާސިންތާއެކެވެ.