ޓެކްނޯލޮޖީ

ރަޝިއާގެ ޖައްވީ ޖާސޫސު "ސްކައިބޮޓް" ފަޒާ އަށް!

މާދަމާ ރަޝިއާގެ ސޯޔޫޒް، ޖައްވީ އުޅަނދު ކަޒަކަސްތާނުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ނައްޓާލާއިރު، އެ އުޅަނދު ދަތުރު ކުރާނީ މީގެ ކުރިން ޖައްވަށް ފޮނުވާފައިނުވާ ކަހަލަ ތަފާތު ރޮބަޓެއް ވެސް ގޮވައިގެނެވެ. މީގެ ކުރިން ޖައްވީ ހޯދުންތައް ހޯދާ އެއްވެސް ގައުމަކުން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަށް މަސްނޫއީ ވިސްނުން ބޭނުން ކޮށްގެން އުފައްދާފައިވާ ރޮބަޓެއް ޖައްވައް ފޮނުވާފައެެއް ނުވެ އެވެ.

މަސްނޫއީ ވިސްނުން ހިމަނައިގެން ރަޝިއާއިން ތައްޔާރުކުރި ރޮބަޓަށް ކިޔަނީ ސްކައިބޮޓް އެފް 850 އެވެ. މި ރޮބަޓް އިންނާނީ ސޯޔޫޒްގެ ކޮމާންޑަރަށް ހާއްސަ ކޮށްފައިވާ ގޮނޑީގައި ކަމަށްވެސް ރަޝިއާއިން ބުނެ އެވެ. ސްކައިބޮޓަކީ ރަޝިއާގެ ފިޑޯރް ވާޝަންގައި އެންމެ ފަހުން ތައްޔާރުކުރި ރޮބަޓެވެ. މި ރޮބަޓް ތައްޔާރުކޮށްފައި ވަނީ، އެންމެ ފަހުގެ ޓެކްނެލޮޖީ ބޭނުން ކޮށްގެނެވެ.

މި ރޮބަޓް އުފެއްދި ރަޝިއާއިން ބުނަނީ، ރޮބަޓުގައި ބޭނުންކުރާ މަސްނޫއީ ވިސްނުމުގެ ސަބަބުން، އިންސާނުން ކަންކަން ދެނެގަންނަ ގޮތަށް މި ރޮބަޓަށް ވެސް ކަންކަން ދަނެގެނެވޭނެ ކަމަށެވެ. އަދި 90 ޕަސަންޓް އިންސާނުންގެ ހަރަކާތްތަކާ އެއްގޮތަށް އެ ރޮބަޓް ވެސް ހަރަކާތްކުރާނެ އެވެ. އެހެން ގޮތަކަށް ބުނާނަނަ އިންސާނުން ކުރާ ކަންތައް ނަކަލު ކުރުމުގެ ގާބިލްކަން މި ސްކައިބޮޓުގައި "އިންދާފައި" ވެއެވެ.

ސޯޔޫޒްގައި ސްކައިބޮޓް ދަތުރު ކުރިއިރު ވެސް ޕައިލެޓުން އެއާޓްރެފިކް ކޮންޓްރޯލަށް މައުލޫމާތު ފޯރުކޮށްދޭ ފަދައިން ކަޒަކަސްތާނުގައި ގާއިމް ކޮށްފައިވާ ސްޕޭސް ޝަޓުލް ލޯންޗް ސްޓޭޝަނަށް މައުލޫމާތު ފޯރުކޮށް ދެމުން ގެންދާނެ އެވެ.

ރަޝިއާއިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ފިޑްރޯ ރޮބަޓުތައް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ސްކައިރޮބަޓް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ އެސްޓްރޮނޯޓުން ޖައްވަށް ފޮނުވާއިރު ދިމާވާ އެކްސިޑެންޓުތަކުން ސަލާމަތް ކުރުމާއި، ޖައްވުގެ ތެރޭގެ ޖައްވީ ހޯދުންތަކަށް ލުއި ފަސޭހަ ހޯދުމެވެ. އެގޮތުން ޖައްވީ އުޅަނދެއްގައި ނޫނީ ނުދެވޭ ހިސާބުތަކަށް ސްކައިރޮބަޓް ފޮނުވައިގެން ތަހުލީލު ކުރެ އެވެ.

ސްކައިރޮބަޓަށް ދިމާވެދާނެ ގެއްލުމަކުން ރައްކާތެރި ކުރަން ސްޕެޝަލް މޫވްމެންޓް އަލްގޯރިދަމްސް އޭގައި އިންސޓޯލްކޮށްފައި ވެއެވެ. އެހެންކަމުން މިއީ ޖައްވުގައި ހަރަކާތްތެރިވާނެ އެންމެ މޮޅު އެޑްވާންސް ރޮބަޓަށް ވެގެންދާނެ އެވެ. އަދި ބައިނަލް އަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ދިމާވެދާނެ ޖައްވީ ނުރައްކަލެއްގެ މައުލޫމާތު ސްކައިރޮބަޓް މެދުވެރިކޮށް ލިބޭނެ އެވެ.

ފިޑްރޯގެ އެންމެ ޒަމާނީ އުޅަނދު ކަމަށްވާ ސްކައިރޮބަޓަށް ވަނީ ޖައްވުގައި ހުންނަ އެހެން ގައުމުތަކުގެ ރާޑަރުތަކާއި ސެޓެލައިޓުތަކަށް ނާރާނެހެން ޖައްވީ ހޯދުންތައް ހޯދުމުގެ ގާބިލްކަން ލިބިދޭފަދަ ސޮފްޓެވެއާއެއް ވެސް އިންސްޓޯލްކޮށްފަ އެވެ. އަދި އެހެން ގައުމަކަށް މި ރޮބަޓް ހެކް ނުކުރެވޭނެ ގޮތް ވެސް ހަދާފައި ވެއެވެ.

މިއީ ޖައްވީ އިންޓެލިޖެންސް ނުވަތަ ޖައްވުގައި ހަރަކާތްތެރިވާ ފުރަތަމަ ޖާސޫސް ކަމަށް ވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ. އެހެން ގައުމުތަކުގެ ސްޓެލައިޓުތަކަށް ފިލައި ޖައްވީ މަންޒަރުތައް ވީޑިއޯ އާއި ފޮޓޯ މެދުވެރިކޮށް އަދި ޖައްވުގައި ހުންނަ އެހެން ގައުމުތަކުގެ ސެޓްލައިޓުތަކުގެ މައުލޫމާތާއި ރާޑަރުތަކުގެ މައުލޫމާތު ސްކައިރޮބަޓުން ރަޝިއާގެ ބިމާ ހަމައަމަށް ތިރި ކުރާނެ އެވެ. -- ރަޝިއާއިން ޖައްވުގައި ވެސް ޖާސޫސު ކުރަން ފެށީ އެވެ.

ޖައްވީ ޖާސޫސުން ރަޝިއާއިން އުފައްދާ ކަމަށް ބުނެ، ސްކައިރޮބަޓުގެ މައްސަލަ މިހާރު ވަނީ ޖައްވީ ކަންތައް ބަލަހައްޓާ ބައިނަލްއަގްވާމީ އޯގަނައުޒޭޝަންތަކުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. ނަމަވެސް ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކަމާއި، އަސްކަރިއްޔާގައި މަސައްކަތްކުރެއްވި އަދި މިހާރު ޑައިރެކްޓާ ޖެނެރަލް އޮފް ދަ ރޮސްކޮމޮސް ސްޓޭޓް ކޯޕަރޭޝަން، ޑިމްޓްރީ ރޮގޯޒިން ވިދާޅުވީ، ރަޝިއާއިން މަސްނޫއީ ވިސްނުން ބޭނުން ކޮށްގެން ރޮބަޓް އުފައްދާ އެތަކެތި ހަތިޔާރުގެ ގޮތުގައި ޖައްވުގައި ބޭނުންކުރަމުން ނުދާ ކަމަށެވެ.

ނާސާއިން އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ވެސް ޖައްވީ ޖާސޫސެއް އުފެއްދުމުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރިން ފަށާފަ އެވެ. ނަމަވެސް އަދި ކާމިޔާބާ ހަމައަށް ވާސިލުވާ ގޮތެއް ނުވެ އެވެ.