ޓެކްނޯލޮޖީ

ރަޝިއާއިން ޖަސޫސީ ސެޓަލައިޓެއް ޖައްވަށް ފޮނުވައިފި

Nov 30, 2019
2

މި އަހަރުގެ ތެރޭގައި ރަޝިއާއިން ވަނީ ސްކައިބޮޓު ނަމުގައި ޖައްވީ ޖާސޫސެއް ތައްޔާރުކޮށް ޖައްވަށް ފޮނުވާފަ އެވެ. ރަޝިއާގެ ޖައްވީ އެ އުޅަނދުގައި ވަނީ އެހެން ގައުމުތަކުގެ ރާޑަރުތަކާއި ސެޓެލައިޓުތަކަށް ނާރާނެހެން ޖައްވީ ހޯދުންތައް ހޯދުމުގެ ގާބިލްކަން ލިބިދޭފަދަ ސޮފްޓެވެއާއެއް ވެސް އިންސްޓޯލްކޮށްފަ އެވެ. އަދި އެހެން ގައުމަކަށް މި ރޮބަޓް ހެކް ނުކުރެވޭނެ ގޮތް ވެސް ހަދާފައި ވެއެވެ.

މިއީ ޖައްވީ އިންޓެލިޖެންސް ނުވަތަ ޖައްވުގައި ހަރަކާތްތެރިވާ ފުރަތަމަ ޖާސޫސް ކަމަށް ވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ. އެހެން ގައުމުތަކުގެ ސްޓެލައިޓުތަކަށް ފިލައި ޖައްވީ މަންޒަރުތައް ވީޑިއޯ އާއި ފޮޓޯ މެދުވެރިކޮށް އަދި ޖައްވުގައި ހުންނަ އެހެން ގައުމުތަކުގެ ސެޓްލައިޓުތަކުގެ މައުލޫމާތާއި ރާޑަރުތަކުގެ މައުލޫމާތު ސްކައިރޮބަޓުން ރަޝިއާގެ ބިމާ ހަމައަމަށް ތިރި ކުރާނެ އެވެ.

މިިއީ ރަޝިއާއިން ވަރަށް މޮޅު ކަމަށް ދައްކައިގެން ދުނިޔެއަށް އެގޭނެ ހެން ކުރިއަށް ގެންދިޔަ މިޝަނެކެވެ. ސްކައިބޮޓް އެންމެ ފުރަތަމަ ލޭންޑު ކުރީ ވެސް ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަން އަށެވެ. އެއާއެކު ސްކައިބޮޓަށް ވަނީ ޓެކްނިކަލް މައްސަލަތެއް ދިމާވެ، ބޭނުން ކެނޑިފަ އެވެ. މިދިއަ އޯގަސްޓު މަހު ފޮނުވި މި އުޅަނދު އަދިއަދަށް ވެސް އޮތީ ސްޕޭސް ސްޓޭޝަންގައި ބޭނުން ކުރެވޭ ގޮތް ނުކުރެވިފަ އެވެ. އެކަމަކު ސްކައިބޮޓުގެ މިޝަން ފެއިލްވީ ކަމަށް ރަޝިއާއިން ގަބޫލެއް ނުކުރެ އެވެ.

މިހާރު ރަޝިއާއިން އަނެއްކާވެސް މިވަނީ ޖައްވީ ޖަސޫސެއް ޖައްވަށް ފޮނުވާފަ އެވެ. މިއީ ރަޝިއާއިން މި އަހަރުގެ ތެރޭގައި ފޮނުވާލި ދެ ވަނަ ޖައްވީ ޖާސޫސެވެ. ޑިސެމްބަރު މަހުގެ ފަހުކޮޅު ވެސް ޖަސޫސީ ރޮބަޓެއް ފޮނުވާނެ އެވެ.

މިމަހުގެ 25 ވަނަ ދުވަހު ރަޝިއާއިން ޖައްވަށް ފޮނުވާފައިވަނީ ޖައްވީ ސެޓްލައިޓެކެވެ. މިކަން ރަޝިއާގެ ސަރުކާރުން މިހާރު ވަނީ އާންމުކޮށްފަ އެވެ. މިއީ އެ ގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެކުލަވާލައިފައިވާ ސްޓެރެޖެޓިކަލް ޕްލޭންގެ ދަށުން ކުރިއަށް ގެންދިޔަ މިޝަނެކެވެ. މިޝަން ކުރިއަށް ގެންދިޔައީ ރަޝިއާގެ ޖައްވީ އިދާރާއާ އަސްކަރިއްޔާއާ ގުޅިގެންނެވެ.

މިމަހު ފޮނުވާލި ޖަސޫސީ ސެޓްލައިޓަށް ރަޝިއާއިން ދީފައިވާ ނަމަކީ ސޯޔޫސް އެވެ. އެކަމަކު މިނަން އަދި ރަސްމީކޮށް ރަޝިއާއިން ފާހެއް ނުކުރެ އެވެ. ރަޝިއާގެ ޑިފެން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސެޓްލައިޓު ހަރަކާތްތެރިވާނީ އެ ގައުމުގެ ކޮމާޝިއަލް އަދި އޭނުން ބޭނުން ތަކަށް ފޮނުވާފައިވާ ސެޓްލައިޓުތަކުގެ ރައްކަލަކަށެވެ.

ރަޝިއާގެ ސެޓްލައިޓުތަކަށް އަމާޒުކޮށްގެން ދުވާލަކު 322 ސައިބާ ހަމަލާ އަތުވެ އެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ސެޓްލައިޓުތަށް ސީދާ މައުލޫމާތު ފޯރުކޮށް ދެނީ އަސްކަރިއްޔާގެ އިސް ބޭފުޅުންނަށެވެ. އަދި ބައެއް ސެޓްލައިޓުތަކުގައި ސިއްރު މައުލޫމާތު ވަނީ ރައްކާކޮށްފަ އެވެ. މީގެ ތެރޭގައި ކޮލްޑްވާގެ މައުލޫމާތާއި އެމްއެސް 13 މިސައިލް ސިސްޓަމުގެ މައުލޫމާތު ހިމެނެ އެވެ.

ރަޝިއާގެ ސަރުކާރުން ވަނީ ސޯޔޫސް އުޅަނދާއި ބެހޭ މައުލޫމާތު ސިއްރު ކޮށްފަ އެވެ. ރަޝިއާގެ ޖައްވީ އިދާރާއިން ގަބޫލުކުރާ ގޮތުގައި ސްކައިބޮޓަށް ޓެކްނިކަލް މައްސަލައެއް ދިމާވީ އެއާ ބެހޭ ގޮތުން ކުރީ ބައިގައި މައުލޫމާތު އާންމު ކުރުމުން ބަޔަކު ދިން ސައިބާ އެޓޭކްތަކަށް ހޭންޑުލް ނުކުރެވުމުގެ ސަބަބުންނެވެ.