މީހުން

"ބަވަތި" ބޮޑު އުއްމީދެއް!

އޮލިމްޕަހުގައި ދެން އެންމެ އަވަހަށް ޕްރީމިއާކުރާ ފިލްމަކަށް ވާނީ "ބަވަތި" ފިލްމެވެ. އަންމަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރާ މި ފިލްމަކީ ޕްރޮޑިއުސަރު އަދި ޑިރެކްޓަރު އިލްޔާސް ވަހީދުގެ ފުރަތަމަ ފިލްމެވެ.

އިލްޔާސް ކާމިޔާބު ކަމާއިއެކު މަސައްކަތް ނިންމާލާ ފިލްމް ޕްރީމިއާ ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު އޭނާ ވަނީ "ބަވަތިި" އަކީ ކޮބައިކަން ކިޔައިދިީފަ އެވެ.

"މި ބަސް 'ބަވަތި' މާނައަކީ ހިތާމަވެރިކަމަށް ފަހު ދެން ދިމާވާ ކަންތައްތައް. ފިލްމުގައި ދައްކުވާދެނީ އާއިލީ މައްސަލަތަކެއްގެ ތެރޭގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ރޫހާނީ ބާރެއް އައިސް، ދިމާވާ ކަންކަން."

މިއީ އިލްޔާސްގެ ކެރިއަރުގެ އެންމެ ބޮޑު އުއްމީދެވެ. ވީޓީވީގައި ނުވަ އަހަރު މަސައްކަތް ކޮށްފައިވާ އިލްޔާސްގެ ހުވަފެނަކީ މިއީ އެވެ.

އިލްޔާސް ބުނިގޮތުގައި މި ފީލްޑަށް ނިކުންނަން ބޭނުންވެފައި ހުންނަތާ 20 އަހަރުވެއްޖެ އެވެ. އަދި އެންމެ ޝައުގުވެރިވާ ފީލްޑަކީވެސް މިއީ އެވެ.

"ފަންޑްސް ހަމަޖެހުމުން ކުރަން އެންމެ ބޭނުންވި މަސައްކަތަކަށް ވީ އަމިއްލަ ފިލްމެއް އުފެއްދުން"

ވީޓީވީގައި މަސައްކަތްކުރުުމަށްފަހު ވަޒީފާ މެދުކަނޑާލައި ވީޑިއޯ ޕްރޮޑަކްޝަން އިން އިލްޔާސް އޭނާގެ ޑިޕްލޮމާ ފުރިހަމަކޮށް މި ދާއިރާއަށް ނިކުތުމަށް އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ.

"ވީޑިއޯ ޕްރޮޑަކްޝަން ކިޔެވީ ލަންކާއިން. ކިޔައިވައިގެން އައިސް ވީޓީވީގައި އަނެއްކާ މަސައްކަތްކުރީ. ފަހުން އެތަން ޑައުންސައިޒްކުރި އިރު ވަޒީފާ ގެއްލުނީ. ދެން ހިތަށްއެރީ އަމިއްލަ މަސައްކަތެކޭ ކުރާނީ. މިދިޔަ ސެޕްޓެމްބަރުގައި ފެށީ ބަވަތިގެ މަސައްކަތް،"

ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފަ އެވެ. ބަވަތި އިތުރު ޕްލެޓްފޯމަކުން އޯޑިއަންސެއް ހޯދުމަށް ކުރި މަސައްކަތުން ފިލްމުގެ ވީޑިއޯ އޮން ޑިމާންޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ޓީވީ ވަނީ ހަމަޖައްސާފަ އެވެ.

"ފިލްމުގައި ފެންނަނީ މުޅިންހެން ގޮތަކަށް އާ މޫނުތަކެއް. އަހަރެން ބޭނުން ވި އަހަރެން އަށް މި ދާއިރާ އަށް ނިކުންނަން ސްޓަރަގަލް ކުރިގޮތަށް މި ދާއިރާއަށް ނިކުންނަން ބޭނުންވެފައި ތިބި އެހެން މީހުންނަށްވެސް ފުރުސަތު ހޯދާއިދޭން."