ރިޕޯޓް

ދެ ރައީސުންގެ ރޭސް ބާރަށް ކުރިޔަށް!

މަޖިލީހުގައި ބޭއްވި ތަރާވީހުގައި ރައީސް ނަޝީދާއި ރައީސް ސޯލިހު
80%
0%
20%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފަށައިގަތުމުން އެކި މީހުން މި ސުވާލު ކުރި އެވެ. އެމްޑީޕީގެ ވެރިކަމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ނުހިނގާ ގޮތަށް ކުރެވިދާނެ ހެއްޔެވެ؟ ހާއްސަކޮށް އެ ވެރިކަމަކީ އޭގެ ތެރެއަށް އިތުރު ތިން ޕާޓީއެއް ވައްދައިގެން ކުރާ ވެރިކަމަކަށް ވެފައި އެމްޑީޕީން ގެންގުޅޭ އުސޫލުތަކާއި ރައީސް ނަޝީދަށް ދީފައި އޮންނަ ހާއްސަ މަގާމާއި، އެ ހުރިހާ ކަމެއް އެގޮތައް އޮއްވާ ރައީސް ނަޝީދު މަޑުން ހުންނަވާފާނެތޯ ކުރެވޭ ސުވާލެވެ. އެ ސުވާލަށް މަޑުމަޑުން ޖަވާބު ލިބެމުން އައިސް މިހާރު މިވަނީ ޔަގީނާއިގާތަށް އެއަށް ޖާވާބުދޭން އެނގޭ ހިސާބަށް އާދެވިފައޭ ބުނެވިދާނެ އެވެ.

އަރައިރުމެއް ފުރަތަމަ އުފަންވި ހިސާބަކީ އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް އެޕާޓީގެ އެންމެ ލޯޔަލް އަދި ސިޔާސީ ދާއިރާގައި އުޅުއްވާ އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަވާލުކުރި ހިސާބެވެ.

ރައީސް ނަޝީދު ހުންނެވީ އެންމެ ފަހުވަގުތާއި ޖެހެންދެން ވެސް އެ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމުގެ އުންމީދާއި އެކުއެވެ. އޭރު އޮތް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމަނިކުފާނަށް ފުރުސަތު ގެއްލުވާލާފައި އޮތުމުން، ބެއްލެވީ ރައީސް ކަމަށް ސޯލިހު ގެނެސް، ކުޑަ ދުވަސްކޮޅެއް ތެރޭ އަނެއްކާވެސް އިންތިހާބެއް ބާއްވާ ރައީސް ކަމަށް ވަޑައިގެންނެވޭނެ މަގެއް ހޯއްދަވާށެވެ. މިއީ އޭރު ދެކެވުނު ވާހަކަތަކާއި ކަންކަން ރޭވިގެން އައި ގޮތުން ފެނުނު މަންޒަރެވެ.

ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ނުފޫޒާއެކު، އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުން ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ދައުރުގެ މެދުތެރޭން އިންތިހާބެއް ބާއްވާކަށް ފުރުސަތެއް އަންނަ ގޮތަކަށް އެކަން ހިނގައިގެނެއް ނުދިޔަ އެވެ.

އޭގެ ފަހުން ސްޓްރެޓަޖީ ބަދަލުކޮށް، މިދައުރުގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވޭނެ އެންމެ ފަހި ގޮތަކީ މަޖިލިސް ތެރެއިން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކޮށްގެންކަން ވިސްނިވަޑައިގެން އެ މަސައްކަތުގައި އުޅުއްވަ އެވެ. މްޑީޕީއަށް މަޖިލީހުގެ ސްޕާ މެޖޯރިޓީ ހޯއްދަވައި ދެއްވަން ބުރަ އަދި އާދަޔާހިލާފު މަސައްކަތެއް ކުރެއްވި އެވެ.

އެކަން ކާމިޔާބު ކުރެއްވި ނަމަވެސް އެމަނިކުފާނަށް ވިސްނިވަޑައިނުގެން އޮތް ކަމަކީ ހޮވިވަޑައިގެންނެވި މެންބަރުންނަށް މުހިންމުވާނީ ހިނގަ ހިނގާ އޮންނަ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ކަމެވެ. ހާއްސަކޮށް މެންބަރުން ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރުގެ އެހީ ބޭނުން ވެ އެވެ. އަދި ދެވަނަ ދައުރަކަށް ދާން ބޭނުން ނަމަ އެ ވައުދުތައް ފުއްދަން ޖެހޭނެ އެވެ.

މިހުރިހާ ކަމެއް މިހެން އޮތުމާއެކު މިވަގުތު މަޖިލީހުގެ ކޮންޓްރޯލް ވެސް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައިކަން ދެ ޓެސްޓަކުން ވަނީ ޔަގީންވެފަ އެވެ. ރައީސް ނަޝީދާއި ދެކޮޅަށް އެމްޑީޕީން ކަމެއް ނިންމުމަކީ "ނެކްސްޓް ޓް އިމްޕޮޒިބަލް" ކަމެކެވެ. އެހެން ނަމަވެސް އެކަންވެސް އެއޮތީ ވެފަ އެވެ.

މަޖިލީހުގެ ރައީސް ކަނޑައެޅުން

އެމްޑީޕީއަށް އެޕާޓީ އުފެދުނު ފަހުން ވެސް ދިމާވި އެެންމެ ބޮޑު އެތެރޭގެ ހަމަނުޖެހުމަކަށް ވެގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައެޅުން ކަމުގައި ބުނެވިދާނެ އެވެ. މީގެ ކުރިން އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭބޭފުޅުން ރައީސް ނަޝީދަށް އެ އޮންނަ ކަލްޓް ދުއްވާލަން މަސައްކަތް ކުރުމުގެ ތެރޭގައި ވަނީ އެ ޕާޓީން ބޭރުކޮށްފަ އެވެ. ނަަމަވެސް އެކަންކަމުން ޕާޓީއަކަށް މި ވަރުގެ ލޮޅުމެއް އަރާފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދުގެ ޗޮއިސް އަކަށްވީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމަކީ ރައީސް ނަޝީދަށް ވަފާތެރި ބޭފުޅެކެވެ. އެހެންކަމުން މަޖިލީހުގެ ކަންކަން ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ގެންދިއުމަށް ކޮންމެހެން ވެސް އަސްލަމް އެ މަގާމަށް ގެންނަން ރައީސް ނަޝީދު ބޭނުންފުޅުވީ އެވެ. އޭރު ރައީސް ސޯލިހުގެ ޗޮއިސްއަކަށްވީ ވިލުލުފުށީ ދާއިރާގެ މެމްބަރު އަދި ތަޖުރިބާކާރު ހަސަން އަފީފެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް އޭރު ދައްކަމުން ގެންދިޔައީ އެތެރޭގެ ކޯޅުމުގެ ވާހަކައެވެ. ރައީސް ނަޝީދާއި، ރައީސް ސޯލިހު އާ ދެބޭފުޅުންގެ "ފިނި ހަނގުރާމައިގެ" ވާހަކަ އެވެ. ފަހުވަގުތާ ޖެހެންދެން ވެސް ރައީސް ނަޝީދު މަސައްކަތް ކުރީ އަސްލަމަށް މަޖިލިސް ރައީސްކަން ހޯދައިދެއްވާށެވެ. ފަހު ބައްދަލުވުމާއި ހަމަޔަށް ދެވުނު އިރު، އެކަން ކާމިޔާބު ނުކުރެއްވޭނެ ކަށަވަރުވުމުން ފަހު ކާޑު ޖެއްސެވީ އެވެ. ރައީސް ސޯލިހުގެ އަތްޕުޅަށް މަޖިލިސް ދިޔަ ނުދިނުމަށްޓަކައި އަމިއްލަފުޅަށް އެމަގާމާއި ހަވާލުވެ ވަޑައިގަތީ އެވެ. އެކަން އެގޮތަށް ކުރެއްވީ އެކަމާއި ދެކޮޅު ހަދަން އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ކުޅަދާނެ ނުވާނެކަން އެނގިވަޑައިގަންނަވާތީ ހެއްދެވޭނެ އެއްވެސް ގޮތެއް ނެތިގެނެވެ.

މަޖިލިސް ރައީސް ކަމަށް ވާދަކުރެއްވި އަސްލަމްއާއި، އަފީފު ރައީސް ނަޝީދާއެކު

މުއައްސަސާތަކާއި، މަގާމުތަކަށް މީހުން އައްޔަން ކުރުން

ރައީސް ސޯލިހުގެ ކެބިނެޓް އެކުލަވާލުމާއި ހަމައިން ރައީސް ނަޝީދުގެ ހިތްހަމަ ނުޖެހުން އޮތް ކަމަށް ސަރުކާރުގެ އިސް މަގާމުތަކުގައި މިހާރު ވެސް ތިއްބެވި ބައެއް ބޭބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އަދި ކެބިނެޓް އެކުލަވާލުމުގައި ވެސް، ރައީސް ނަޝިދަށް ވުރެ ބޮޑަށް ރައީސް ސޯލިހު އަށް ލޯޔަލް ބޭފުޅުން މަގާމުތަކަށް އައްޔަން ކުރައްވާފައި ވެއެވެ.

އެހުރިހާ ކަމެއްވެސް ރައީސް ސޯލިހު ކުރައްވާފައި ވަނީ ސްމާޓްކޮށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫންގެ އިންފުލުއެންސް ގަދަވެގެން އެމަނިކުފާނު ބާކީ ކޮށްލި ގޮތަށް ރައީސް ސޯލިހަށް ރައީސް ނަޝީދު ބާކީ ކޮށްލެވުމަކީ އޮތް ޗޮއިސްއެއް ނޫނެވެ. އެހެންކަމުން އެމަނިކުފާނު ގެންދަވަނީ ކުޅެވެން އޮތް އެންމެ ސްމާޓްކޮށް ކުޅުއްވާ ކޯލިޝަނާއި ވެރިކަންވެސް ސަލާމަތް ކުރައްވަމުންނެވެ.

ސަރުކާރުގެ މަގާމުތަކަށާއި، މިނިވަން މުއައްސަސާތަކަށް އަދި އެހެނިހެން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ރައީސް ނަޝީދު ނުފޫޒު ގަދަ ކުރައްވަން މަސައްކަތް ކުރާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން މިހާރުވެސް ދައުލަތުގެ މަގާމުތަކެއް ހުސްވެފައި ހުރި އިރު އެމަގާމުތަކަށް މީހުން އައްޔަން ނުކުރެވިގެން އުޅެނީ ރައީސް ނަޝީދު ބޭނުންވާ ބަޔަކާއި، ރައީސް ސޯލިހު ބޭނުންވާ ބަޔަކު ތިބެގެން ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެގޮތުން ގަވަރުނަރުގެ މަގާމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާއި، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމާއި، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންގެ އިތުރުން ވެސް ގިނަ މަގާމުތަކަކަށް ރައީސް ސޯލިހަށް ގޮތް ނުނިންމިގެން އުޅެނީ ރައީސް ނަޝީދު އެކަންކަމަށް ނުފޫޒު ފޯރުވާތީ ކަމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ގެންދަނީ ވިދާޅުވަމުންނެވެ.

މީގެ އިތުރުން ބައެއް ބޭފުޅުންނާއި ކަނބަލުން މަގާމުތަކުން ވަކި ނުކުރެވިގެން އުޅެނީވެސް ރައީސް ނަޝީދުގެ ނުފޫޒުން ކަމަށް ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުގެ އިތުބާރު ނެތް ކަަމަށް ހުށަނޭޅުމަށް އަންގާފައިވާ ކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި

ސަރުކާރާއި މަޖިލިސް ރޭހެއްގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވަޑައިގެންނެވި ފަހުން ވަރަށް ތަފާތު ކަންކަން ފެންނަމުން އެބަދެއެވެ. މިއަށްވުރެ މަޖިލިސް ހަރަކާތްތެރި ދުވަސްވަރެއް އައިހެނެއް ހިއެއްނުވެއެވެ. މަޖިލީހުގެ މެމްބަރުންނަށް ވެސް ނުކަތާވަރަށް މަސައްކަތް ބުރަކޮށް އެބަ ގެންދަވައެވެ. ޒަމާނުއްސުރެ އަމަލުކުރަމުން އައި އުސޫލުތަކަށް ބަދަލުގެނެސް އަމިއްލަ ފުޅަށް ބަހުސްތަކުގައި ބަސް ކިއުއްވާ ހައްދަވައެވެ. އޭގެ އިތުރުން އެންމެ ތަފާތު ކަމަކަށް ފެންނަނީ އެމްޑީޕީގެ ސަރުކާރެއް އޮވެ، މަޖިލީހުގެ މެޖޯރިޓީވެސް އެ ޕާޓީއަށް އޮވެ، ދެ ބާރު ދޭތެރޭގައި މިހިނގާ މެޑަލް ޖެހުމުގެ ކަންކަމެވެ.

އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާންކޮށް، ބިލްތައް މަޖިލީހަށް ފޮނުވުމުގެ މަގުމަތީގައި ވަނިކޮށް، ބައެއް ބިލްތަކުގައި ހިމަނަން ކޮންމެހެން ވެސް ރައީސް ނަޝީދު ބޭނުންފުޅުވާ ކަންކަން ހާއްސަކޮށް، ސަރުކާރަށް އޭގެ ކްރެޑިޓް ނުލިބި މަޖިލީހަށް އެމަނިކުފާނަށް އެ ކްރެޑިޓް ލިބޭ ގޮތަށް ބައެއް ކަންކަން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ބިލް މަޖިލީހަށް ވަދެ ވަދެ ހުއްޓާ މަޖިލީހަށް ގަރާރުތަކެއް ހުށަހަޅައިގެން ކުރިޔަށް ގެންދިޔަ މަސައްކަތްތައް ފާހަގަ ކޮށްލަން ޖެހެއެވެ.

މަޖިލީހާއި ސަރުކާރާއި މެދު ރޭހެއް އުޅޭކަން އެންމެ ބޮޑަށް ހާމަވެގެންދިޔައީ، މިއިން ޒަމާނަކު އަމަލު ނުކުރާ ގޮތަށް ސަރުކާރުން މިދިޔަ އީދު ބަންދުގެ ފަހުން އަމަލު ކުރުމުންނެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަށް އީދު ބަންދަށް ފަހު މަޖިލިސް ހުޅުވުމުގެ ކުރިން ސަރުކާރުން އިއުލާން ކުރި އެވެ. އެކަމަކީ މަޖިލީހުން އެމެޑަލަ ޖެހުން ހުއްޓުވުމަށް ކުރި ކަަމެއްކަމުގައި ބެލެވެން އެބަ އޮތެވެ.

ހަގީގަތަކީ ވެރިކަން ލިބުނީ ކޯލިޝަނަށް ކަމެވެ. އަދި ވެރިކަމުގައި ހުންނެވީ ރައީސް ސޯލިހެވެ. އެހެން ކަަމުން ސަރުކާރު ހިންގުމުގެ ކަންކަން ރައީސް ނަޝީދު ވެސް އެމަނިކުފާނުގެ އަތްޕުޅަށް ދޫކޮށްލައްވަން ޖެހެއެވެ. މަގާމުތަކަށްވެސް އެމަނިކުފާނަށް އިތުބާރު ކުރެވޭ ބަޔަކު ލުމުގެ ފުރުސަތު ދޭން އެބަ ޖެހެއެވެ. ސަރުކާރު ހިންގުމަށް ރައީސް ނަޝީދުވެސް ވީ ވަރަކުން އެއްބާރުލުން ދެއްވައި ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ތައްޔާރުވެ ވަޑައިގަތުން މުހިންމެވެ. މި ފަސް އަހަރު ރައީސް ސޯލިިހުއަށް ހަމަޖެހިގެން ވެރިކަން ކުރެއްވޭނެ ގޮތްވާން ޖެހެ އެވެ.

13 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުބީނު މާރނީ

ސަލާމް އަށް. ޔާމިނު މައުމޫނަށް ހެދިގޮތް އިބޫ ވެސް ނަޝީދަށް ހެދޭނެ ނަމަ ހަދަން އިބޫ ތައްޔާރަށް ހުރީ. އެކަމުގެ ހެއްކަކީ އަފީފު ހޮވަން އިބޫ ގަދައެޅީމާ. މައުމޫނަށް ވުރެ އަންނި ގެ ބޯ ބޮޑުވީމާ އިބޫ އަށް ނެހެދޭނީ. "ނެހެދޭނެ" މިއީ ވަކި ކަމެއް. "ހަދަން ބޭނުންވުން" އެއީ ވަކި ކަމެއް. އިބޫ ބޭނުން ވާކަމުގެ ހެކި މަތީގައި އެވަނީ. ދުނިޔެ ފެށުނީއްސުރެ ވެސް ކަންހިނގާ ގޮތަށް މިހާރުވެސް ކަން ހިނގާނީ. އިބޫ އާއި އައްނި ނަގާފަ ހުރި ފޮޓޯ ތަކުން ވެސް ހެކިބަސްދޭ އިބޫ މިހާރު އައްނިއަކާ ގަޔަކާ ނުވާކަން. އައްނި ހިނިއައިސް އުފަލުން ހުއްޓަސް އިބޫ ހުންނާނީ ވަރަށް ލޮނުމަޑު ކޮށް ހެވިފަ. ރައީސް އަކަށް ނުވާއިރު އަދި މައުމޫނާއި ގާސިމް އިބޫ "ހިސޯރަ" ނުކުރާ އިރު، އަދި ރައީސް ކަމުގެ ކުރީކޮޅުގައި އިބޫ ހުންނަނީ އައްނީ އާއި އެކު ފުރިހަމަ އަށް ހިނިތުން ވެފަ. ހެވިފަ. މިއީ ކުރިއަރާފައިވާ ގައުމެއްގެ ކޯޓަކަށް ހެކިބަހެއްގެ ގޮތުގައި ވެސް ގަބޫލު ކުރާނޭ ފަދަ ހެކިބަސް ތައް !!!

އަހަންމަދު

ރައީސް ނަޝީދަކީ ހިކްމަތްތެރި ކުޅަދާނަ ސިޔާސީ ޝަހްސިއްޔަތެއް. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހަކީ މަޑުމައިތިރި އެންމެން ގޮވައިގެން އުޅުއްވާނެ ސިޔާސީ ބޭފުޅެއް. މިވެރިކަން ކުރިއަށް ދާނީ ރައީސް ނަޝީދު އާއި އިބްރާހިމް މުހަންމަދު ސޯލިހާ ދެބޭފުޅުން އެކުގައި މަޝްވަރާކޮށް ކަންކަން ނިންމަވައިގެން. ކޮންމެ ދެމީހަކީ ހިޔާލު އެއްގޮތް ދެމީހެއް ނޫން. އެހެންކަމުން މިދެބޭފުޅުން ހިޔާލު ތަފާތުވުމާއި އެކުވެސް ކަންކަން ރަނގަޅައް ނިންމަވައިގެން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރައްވާނެ.

މަރިޔަމް ދީދީ/އައްޑޫ ސިޓީ

ކޮން ދޭތެރެ ޖެއްސޭތޯ އެއްތަ ސަކީނާ ތިޔަ ކިޔަނީ ؟ ލޯ ކަނު މީހަކަށްވެސް އިނގޭ ވަރަށޭ ފޮޓޯ ގަ އެހެރީ ފެންނަން. ނަންބަރު އައިނެއް އަޅައިގެން އައިސް މަތީގައިވާ ފޮޓޯ ބަލާލަ ބަލަ. އައްނި އެހެރީ އުފަލުން ފޮޅިފަ. އިބޫ އެހެރީ ލޫކްވޯރމް ގޮތަކަށް ކަރުގަ މަހުކައްޓެއް ތާށި ވެފަ ހުރި ގޮތަކަށް. "ކަލޭތީ ކާކު" ހޭ ބުނާ ގޮތަކަށް.

މަރިޔަމް ނަބީލާ

ހަސަންމަނިން އަށް. މިއީކީ ބުންޏޭ ބުންޏޭ އެއްނޫން. އަފީފް ހޮވަން އިބޫ ގަދަހެދީ އެހެންވެއްޖެއްޔާ ކީއްވެ ؟

ސަކީނާ

ހާދަ ވަރަކަށް ދޭތެރެ ޖެއްސޭތޯ މިއުޅެނީ

ބަނާނާ ސަރުކާރު

އޮޅުވާނުލާ ރނަޝީދާ ނުލާ މޑޕ މޑޕއަށްނުވާނެ ރނަޝީދާނުލާ ރއިބުރާހިމަށް ދެވަނަދައުރެ ނުހޯދޭނެ ރއިބުރާހީމަކީ ރައްޔިތުންގެ ފަވަރިޓެނޫން.. ކުރިން އެހެންގޮތެ ހޯދަން ބޭނުންވިބަޔަކު ވޯޓުދިނަސް މިއަދުގެ ހާލަތު ބަދަވެއްޖެ މިދައުރު ފުރިފަކުރެވިދާނެ ދެރައީސުން ކޯޅުމުން ގައުމާ ރައްޔިތުން ހަފުސްވަނީ މިއީ ރއިބުރާހީމުގެ ވެއްޓުން މިއީ ކުރިއެރުމެނޫން ޕޕމ ރޔާމީނާ ނުލާ ކުޔައަށް ނުގެންދެވޭނެ މޑޕ ރނަޝީދާނުލާ ކުރިޔަށް ނުގެންދެވޭނެ. މިއީ ފިކުރުތަކެ. މިހަގީގައޮޅުވާނުލާ.. މިއަދަކު ދައްކާލާ ވާހަކަޔަކުންއެކަނި ސަޕޯޓެނުލިބޭނެ.. ރއިބުރާހިމަށްވުރެ ބޭރުދުނިޔޭގަ ރނަޝީދަކީ ތާއިދުބޮޑުމީހެއް. ރޔާމީނަކީ ތަޖުބާކުރެވިފަވާ ތަރައްގީގެ ހީރޯއެއް.މިދެފިކުރުގެ ތެރެއަށް އިބުރާހީމަށް ލިބެނީ 0ޓޮލަރެންސް.. ކޮރަޕްޝަނާ ވައްކަމުގެ ވާހަކަތަކުގެ ޖަވާބަކީ ރއިބުރާހީމުގެ މެލޭޝިޔާ އެކައުންޓުތަކާ އަދީބުދިންކަމަށްބުނާ 3މިލިޔަން.. މި ބައްދަލުކުރާނީ އިންތިހާބުގަ. މިއަދު 0ޓޮލަރެންސްގަ..

ސަލާމް

ބަލަ ... ތިހެނެއްނު ވާނެ. ޔާމީނު ނެތަސް ޕީޕީއެމް ކުރިއަށް ދާނެ. ޕީޕީއެމްގަ ޔާމީނު ވެއްދި މީހުންަށްވުރެ ގިނަވާނީ މައުމޫނާ އުމަރު ވެއްދި މީހުން. ނާޒިމްއާއި ދެންތިބި އިސްމީހުން ވެއްދި މީހުން. ޔާމީނަކީ ޕާޓީއެއް ހިންގަން އުޅެ 3000 ނުވެގެން އުވާލި މީހެއް. އޭނައަކީ ރައްޔިތުން ބަލައިގަންނަ މީހެއް ނޫން. ރައްޔިތުމީހާގެ ވިންދެއް އިހުސާސެއް އޭނައަކަށް ނޭގޭނެ. އެއަށްވުރެ ޖަނަވާރު މީހެއް. އިބޫއަކީ އެކަހަލަ މީހެއް ނޫން. ޔާމީނު މައުމޫނަށް ހެދިގޮތެއް ނަޝީދަކަށް އިބޫއެއް ނުހަދާނެ އަދި ނުވެސް ހެދޭނެ.

އަލީ ފަވާޒު ހުސައިން

ނޫސްވެރިކަމޭ ކިޔާފަ ހަމަ ރަނޑު އަންހެނުން އުޅޭހެން ދޭތެރެ ޖައްސަނީ ތިޔަ!

މޑޕ

އަހަރެމެން ވޯޓް ދިނީ ރައީސް ނަޝީދު އިބޫއަށް ވޯޓްލާށޭ ބުނީމަ..

ހަސަންމަނިން

އަމިއްލައަށް ކަންކަން ދޭހަކޮށް އެއީ ހަގީގަތަށް ހަދައިގެން އާޓިކަލް ލިޔާ ނޫސްވެރިންވެސް މަދެއްނޫން! ކުޑަ ދުވަސްކޮޅަކުން ވެރިކަން ނަޝީދާ ހަވާލުކުރާ ވާހަކައާއި، ބޮޑުވަޒީރަށް ނަޝިދު ގެންނަ ވާހަކައާއި، ނަޝީދާ އިބޫއާ މައްސަލަ ޖެހޭ ވާހަކައާއި މީ ހައްތަހާވެސް "ބުންޏޭ ބުންޏޭ" ބީދައިން ދައްކާ އުޅޭ ރަންނަމާރި ފޮލާތައް! ނަޝީދާ އިބޫއާ މައްސަލައެއް ނެތް! ނުވެސް ޖެހޭނެ! އިންޝާﷲ! ހަޖަމް ނުވާމީހުން ތިބެން ޖެހޭނީ!

ށުމޫ

ދެން ކަލޯ ކެއްތެރިވެ ހުރެބަލަ، މާބޮޑަ ތިހިރަަ ކަންކަމާ ވިސްނާނެކަމެއްނެ ކަލޯ ބޯގޮވާފާނެ އެހެންނޫނިއްޔާ

888

ކަލޯ! ފިތުނަ ފަސާދަ އުފައްދަން ދެއްކެން ހުރި ވާހަކައެއް ވިއްޔާ ދައްކާ! މިއަދު އެބައޮތް އެ މިނިވަންކަން. ތިޔަ ބުނާ ސޯލިހުވެސް މާދަމާ ދައުރު ހަމަވެގެން ނުކުންނަ އިރު ވާނީ ހަމަ ޔާމީނަށްވީ ވަރު. އެ ބީދައިން ސޯލިހު ނުހަދާނެ ކަމަށް އުންމީދުކުރަން. ޔާމީނުވެސް ހީކުރީ ތިމަންނާއަށް ލައްކަ ތާޢީދެއް އޮވެގެންނޭ ރައީސްކަމަށް އާދެވުނީ. އެކަމަކު ހަޤީޤަތަކީ މައުމޫނު ފަހަތުގައި ހުރެގެން ޔާމީނު ވެރިކަމަށް ގެންނަން ކުރި މަސައްކަތުގެނަތީޖާއޭ އެއީ. ސޯލިހުވެސް އަމިއްލަ ފެންވަރު ނުއޮޅޭނޭ ކަމަށް އުންމީދުކުރަން.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910