ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިލާން އެކަޑަމީއަށް 10 އަހަރު ފާހަގަކުރި މެޗު ރައީސް ބައްލަވާލައްވައިފި

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިލާން ކްރެކެޓް އެކަމަޑަމީއަށް 10 އަހަރު ފުރުމާއި ގުޅިގެން މިއަދު ކުޅުނު ކްރިކެޓް މެޗު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީލް ބައްލަވާލައިފި އެވެ.

މިލާން އެކަޑަމީއަށް 10 އަހަރު ފުރުމާއި ގުޅިގެން ކުޅުނު މެޗު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ކުޅިވަރު އެކުވެނި ދަނޑުގަ އެވެ. މި މެޗު ކުޅެފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ ޓީމަކާއި ގައުމީ ކްރިކެޓް ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ޓީމެކެވެ.

މެޗުން މޮޅުވި ޓީމަށް ރައީސް ސޯލިހު ވަނީ މެޑަލް ހަވާލުކޮށްދެއްވާފަ އެވެ. މި މެޗު ބެއްލެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ އެކުވެނި ދަނޑަށް ގޮސްފަ އެވެ.

ރައީސް ސޯލިހު ފާހަގަވެފައިވަނީ ކްރިކެޓަށް ވަރަށް ސަޕޯޓް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް އިންޑިއާގައި ކުޅުނު ކުރިކެޓް މުބާރާތެއްގެ ފައިނަލް ބެއްލެއްވުމަށް އެގައުމަށް ވަޑައިގެންފަ އެވެ.