މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

މިދިއަ މަހު ކުޑަކުދިންގެ މައްސަލަތައް ރިޕޯޓުކުރި އަދަދު 16 ޕަސެންޓު މަދު

ކުޑަ ކުދިނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން މިދިއަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 16 ޕަސަންޓު މަދުވެއްޖެ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވެ އެވެ. އެއީ ޖޫން މަހު ހުށަހެޅި މައްސަލައަށް ވުރެ 16 ޕަަސަންޓު މަދު އަދަދެއް ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

އޭގެ އިތުރުން ހުށަހެޅުނު މައްސަލަތަކުގެ ޖުމުލަ އަދަދު ވެސް މަދުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މިދިއަ މަހު 214 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމާއި އެއީ ޖޫން މަހާ އަޅާބަލާއިރު 11 ޕަސެންޓު މަދު އަދަދެއް ކަމަށް ދައްކަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޖިންސީ ހާނީއްކައިގެ 34 މައްސަލައެއް ރިޕޯޓުކޮށްފަވާއިރު ކުޑަކުދިންނަށް އިހުމާލުވުމުގެ 25 މައްސަލައެއް ވަނީ ހުށަހަޅާވެ އެވެ.

އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ އަށް މައްސަލައާއި ކުޑަ ކުދިންގެ ވަގު ވިޔަފާރީގެ މައްސަލައެއް ވެސް ރިޕޯޓުކޮށްފަވެ އެވެ.

އާއިލީ 27 މައްސަލައެއް މިދިއަ މަހު ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ކުދިންނާ ބައްދަލު ނުކުރެވޭ 14 މައްސަލަ އަކާއި ކުދިން ބެލުމުގައި ދިމާވާ 10 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ތިން މައްސަލައެއް ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތަކަށް އިތުރަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަ ހުށަހަޅާފައިވާއިރު ޖިސްމާނީ އަނިޔާގެ 13 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ނަފްސާނީ އަނިޔާގެ ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ހަތް މައްސަލައަކާއި ޖިންސީ ހާނީއްކަކުރުމުގެ ފަސް މައްސަލަ އެއްވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ރޭޕްކުރުމުގެ ހަތަރު މައްސަލައެއް ހުށަހަޅާފައިވާއިރު ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ކުދިންނަށް އިހުމާލުވުމުގެ ދެ މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.

އަދި ރޭޕްކުރުމުގެ ހަތަރު މައްސަލައެއް ހުށަހަޅާފައިވާއިރު ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ކުދިންނަށް އިހުމާލުވުމުގެ ދެ މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ފަސް މައްސަލައެއް ހުށަހަޅާފައިވާިރު އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަތަރު މައްސަލަ ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފަވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.