ވިޔަފާރި

ޓޫރިޒަމް މިނިސްޓަރު ވޯލްޑް ޓޫރިޒަމް ކޮންފަރެންސަށް

Aug 25, 2019
1

ވޯލްޑް ޓޫރިޒަމް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގަތުމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާ އަށް ވަޑައިގެންފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯގެ ދައުވަތަކަށް މިނިސްޓަރު މެލޭޝިއާ އަށް ކުރައްވާ ދަތުރުފުޅުމުގައި ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

"ބިޔޮންޑް ޓޫރިޒަމް، ބިޔޮންޑް އެކްސްޕެކްޓޭޝަން" ގެ ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމް ފައްޓަވައި ދެއްވާނީ މެލޭޝިއާގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރު އަލީ ވަހީދުގެ މި ދަތުރުފުޅުގައި މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީގެ ދައުވަތަކަށް އެ ޔުނިވާސިޓީގެ ރައީސްއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވެ އެވެ. މިނިސްޓަރު އަލީ ވަހީދަކީ އެ ޔުނިވާސިޓީ އިން ތައުލީމް ހާސިލް ކުރެއްވި ދަރިވަރެކެވެ.

މެލޭޝިއާއަކީ އާސިއާން ރީޖަން އިން އެންމެ ގިނަ އިން ޓޫރިސްޓުން ރާއްޖެ އަށް އަންނަ އެއް ގައުމެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 11،256 މީހުން އައިސްފައިވެ އެވެ.