ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރައްވައި އެ ސްކޫލުގެ ތުއްތު ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފި އެވެ.

މާފަންނު މަދަރުސާގެ ދައުވަތަކަށް، އެ ސްކޫލަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ސްކޫލުގެ އެކި ކްލާސްތަކަށް ވަޑައިގެން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފަ އެވެ.

މާފަންނު މަދަރުސާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްފަހު ސްކޫލުގެ ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުވި އެވެ. އަދި ސްކޫލުގެ ދަރިވަރުންނާއެކު ހަނދާނީ ފޮޓޯއެއް ވެސް ނެންގެވި އެވެ.

މާފަންނު މަދަރުސާއަށް ރައީސް ޒިޔާރަތް ކުރެއްވިއިރު، މި ދުވަސްކޮޅަކީ އެ ސްކޫލުގެ ތުއްތުކުދިންނަށް ގައުމިއްޔަތާބެހޭ އެކިއެކި މައުލޫމާތު ހިމެނޭ ފިލާވަޅުތައް ނަގައިދެމުންދާ ދުވަސްވަރެކެވެ.