މޯލްޑިވިއަން

މޯލްޑިވިއަން އިން ކެބިން ކްރޫއިން ހޯދަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކެބިން ކްރޫ އިން ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވިއަންގެ ކެބިން ކްރޫއަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ތަކުގެ ތެރޭގައި އެންމެ ދަށްވެގެން އޯލެވެލް ސެޓްފިކެޓް އޮންނަން ޖެހެ އެވެ. އިނގެރޭސި ބަހަށް ފަރިތަވުމާއި ފަތަން ދަނަން މީހަކަށް ވާން ޖެހޭ އިރު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކެބިން ކްރޫ ޓެސްޓުން ފާސްވެފައިވާ ފަރާތެއް ނަމަ ވަޒީފާ ލިބުމަށް ފަސޭހަ ވެއެވެ.

ކެބިން ކްރޫ އަކަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަންހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން ފަސް ފޫޓު ދެ އިންޗި ހުންނަން ޖެހޭނެ އެވެ. ފިރިހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން ފަސް ފޫޓާއި ހަތަރު އިންޗި ހުންނަން ޖެހެ އެވެ.

ކެބިން ކްރޫނަށް ޝައުގުވެރިވާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެސްޓީއޯ ޓްރެއިނިން ސެންޓަރުގަ އެވެ.