އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގައި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްޕި

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފި އެވެ. ތަމްރީނުތަށް ކުރިއަށް ގެންދިޔައީ އުތުރު ކޮރެއާއިން ނިއުކުލިއާ އަދި ބެލެސްޓިކް މިސައިލް ޓެސްޓު ކުރުމަށް ބޭނުންކުރަމުންދާ ޖަޕާން ކަނޑުގެ ސަރަހައްދެވެ.

ތަމްރީނުތަކުގެ މައުލޫމާތު ދެމުން، ދެކުނު ކޮރެއާއިން ބުނީ، ތަމްރީނުތަށް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ކަމަށެވެ. ހެދި ތަމްރީނުތަކަކީ، ވައިގެ ތަމްރީނާއި، ކަނޑުގެ ތަމްރީނު ތަކެވެ. މި ތަމްރީނުތަށް ޖަޕާނުން ވަނީ ކުށްވެރިކޮށްފަ އެވެ. ތަމްރީނުތަށް ކުރިއަށް ގެންގޮސްފައިވާކަން ފަޅާ އެޅުމުން ދެކުނު ކޮރެއާއިން ބުނީ، އެގައުމަށް ލިބިފައިވާ ޖާސޫސީ މައުލޫމާތު ޖަޕާނާ ހިއްސާކޮށް ސަރަހައްދުގެ އަމަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ނޯތު ކޮރެއާއިން ތަމްރީނުތަށް ކުރިއަށް ގެންދިޔަ ސަރަހައްދުގައި ޖަޕާނާއި އުތުރު ކޮރެއާ ގުޅިގެން ބަލަހައްޓަމުންދާ ޓަކޭޝިމާ ކިޔާ ރަށެއް އޮވެ އެވެ. މި ރަށް އޮންނަނީ ސީ އޮފް ޖަޕާން ނުވަތަ އީސްޓް އޭޝިއާ ކަނޑުގަ އެވެ.

ޖަޕާނުގެ ކަނޑުގެ ސަރަހައްދުގެ އަމާންކަން ގެއްލި ހިގައިދާނެ ކަމަށް ހީވި ނަމަވެސް، އުތުރު ކޮރެއާއިން ބުނެފައިވަނީ، ޖަޕާނު ކަނޑުގައި ކުރިއަށް ގެންދިޔަ ތަމްރިނު ތަކަކީ، ރޫޓީން އެކްސަސައިޒެއް ކަމަށެވެ. އަދި އެއީ އެއްވެސް ގައުމަކަށް ނުވަތަށް ކަމަކަށް ބިރު ދައްކަން ވެގެން ކުރިއަށް ގެންދިޔަ ތަމްރީނުތަކެއް ނޫން ކަމަށެވެ.

ފާއިތުވި ދެ ހަފްތާގައި ނޯތު ކޮރެއާއިން ވަނީ ޖަޕާނުގެ ކަނޑަށް ގިނަ އަދަދެއްގެ މިސައިލް ޓެސްޓް ކޮށްފަ އެވެ. ނޯތު ކޮރެއާގެ މިސައިލް ޕްރޮގްރާމްތަށް ދުނިޔެއިން ކުށްވެރި ކުރިނަމަވެސް، ސައުތު ކޮރެއާގައި ގާއިމްވެ ތިބޭ އެމެރިކާގެ ސިފައިން ދިމާ ވެދާނެ ހަމަލާއަކުން ދިފާއުވުމަށް، މިސައިލް ޕްރޮގްރާމް މުހިންމު ކަމަށް ބުނެފަ އެވެ.