އެކްސިޑެންޓް

ވޭނެއް ފުރޮޅާލައި ޑްރައިވަރަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ދުއްވާފައި ދިޔަ ކުޑަ ވޭނެއް ފުރޮޅާލައި އެ ވޭން ދުއްވަން އިން މީހާއަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:25 އެހާކަންހާއިރު ހުޅުމާލެ ނިރޮޅު މަގުން އުތުރު ދެކުނަށް ދުއްވާފައި ދިޔަ ވޭނެއް ކާނުގަނޑުގައި ޖެހި ވޭން ފުރޮޅާލާފައިވާ ކަމަށެވެ. މި ހާދިސާގައި ވޭން ދުއްވަން އިން މީހާގެ ތުންފަތް ފަޅައިގެން ގޮސްފަވާ ކަމަށާއި އިތުރު އަނިޔާ އެއް ނުލިބޭ ކަމަށެވެ. އަދި ބުނީ ވޭން ދުއްވަން އިނީ ދިވެއްސެއްް ކަމަށާއި އޭނާ އަކީ ލައިސަންސް ވެސް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.