ޗައިނާ

ހޮންގްކޮންގް މުޒާހަރާއާ ގުޅިގެން ޗައިނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ހޮންގްކޮންގެ ރައްޔިތުން އެގައުމުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ޗައިނާގެ ސެކިއުރެޓީ ވަރުގަދަ ކޮށް، އެގައުމަށް އަންނަ ދަތުރުވެރިން ބަލާފާސް ކުރަން ފަށައިފި އެވެ.

،ޗައިނާއަށް ދަތުރު ކުރާ މީހުންގެ ތެރެއިން، އެންމެ ވަރުގަދަކޮށް ފާސްކުރަނީ، ވަކީލުންނާ، މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ޑިޕްލޮމެޓުންނެވެ. މީގެ އިތުރުން ހޮންގްކޮންގްއިން ޗައިނާއަށް ދަތުރުކުރާ މީހުން ވެސް ޗައިނާގެ ސަލާމަތަށް ކަމަށް ބުނެ ދަނީ ޗެކް ކުރަމުންނެވެ.

ފާއިތުވި ހަފްތާގައި އެކި ގައުމުތަކުން ޗައިނާއަށް ދަތުރުކުރި މީހުން ޗެކް ކުރުމަށްފަހު، ޑިޓެންޝަންގައި ގިނައިރު ވަންދެން ބެހެއްޓި މައްސަލަ ވަނީ ބައިނަލްއަގްވާމީ މުޖްތަމައުގެ ސަމާލުކަމަށް އައިސްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ، އިނގިރޭސިވިލާތުގައި ހުންނަ ހޮންގްކޮންގް ކޮންސިއުލޭޓް އޮފީހުގައި މަސައްކަތް ކުރާ، ސައިމެން ގެންގް ޑިޓެންޝަންގައި ދެ ދުވަސް ވަންދެން ބެހެއްޓުމާއި ގުޅިގެންނެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ހޮންގްކޮންގް މުޒާހަރާގެ އަމަން ނަގާލަނީ އެމެރިކާ އެވެ. އަދި މިހާރު އެކަން ކުރުމުގައި އިނގިރޭސިވިލާތް ވެސް ބައިވެރިވެފައިވާ ކަމަށް ޗައިނާއިން ދެކެ އެވެ.

ސައިމަން ގެންގް އަކީ، ހޮންގްކޮންގާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ ޑިޕްލޮމެޓެކެވެ. ޗައިނާއަކީ ދެ ގައުމުގެ ރަށްވެހިކަން ކުށަކަށް ހަދައިގެން އުޅޭ ގައުމެކެވެ.

ހޮންގްކޮންގެ ރައްޔިތުން ދެކޮޅު ހަދަމުންދާ އެކްސްޓެރެޑިޝަން ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. މި ބިލްގައި އިނގިރޭސިވިލާތައި އެމެރިކާގެ އިތުރުން 20 ގައުމެއް ހިމެނެ އެވެ.

ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މީގެ ކުރިން ޗައިނާ ބޯޑަރު ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ.