ވިޔަފާރި

އާ ކާގޯ ޓާމިނަލް ބިލްޑިން ނިމުމަކާ ގާތަށް

Aug 26, 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ އާ އިންޓަނޭޝަނަލް ކާގޯ ޓާމިނަލް ބިލްޑިންގް ނިމުމަކާ ގާތް ވެއްޖެ އެވެ.

ވީއައިއޭ ބަލަހަށްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ ސްޓީލުން ހަދާ އޮނިގަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ތަނބުތަކަށް ކޮންކްރީޓް އެޅުމާއި ސްޓްރަކްޗާގެ ބޭރުގައި ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.

އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުންޏަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްގެންނެވެ. މިތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮވެ އެވެ. ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި ހަދާ މި ތަނުގައި މިހާރުގެ ކާގޯ ޓާމިނަލް އަށް ވުރެ ގިނަ ވަސީލަތްތައް ހުންނާނެ އެވެ. އެތަނުގެ ފަޅުން ބޮޑު ބައެއް ހިއްކައި އެ ސަރަހައްދުގައި ކްރޭން ތަނެއް ވެސް ބަހައްޓާނެ އެވެ.

ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ އިންވެގެން ހަދާ މިތަން މިހާރުގެ ކާގޯ ޓާމިނަލް އަށް ވުރެ ގިނަ ވަސީލަތްތައް ހުންނާނެ އެވެ. އެ ތަނުގެ ފަޅުން ބޮޑު ބައެއް ހިއްކައި އެ ސަރަހައްދުގައި ކްރޭން ތަކެއް ވެސް ބަހައްޓާނެ އެވެ.

ކާގޯ ޓާމިނަލްގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. އަދި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ބީޔޫސީޖީ ކުންފުނިންނެވެ.މި ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.