ހަބަރު

އަޒްމީ މެމޯރިއަލް އެގްޒިބިޝަން ހުޅުވައިފި

އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓްގެ ވެރިޔާ ކަމުގައި ހުންނަވަނިކޮށް ދިމާވި އެކްސިޑެންޓެއްގައި ފަރުވާ ހޯއްދަވަނިކޮށް އަވަހާރަވި އަޒުމީ "އަޒްމީ މެމޯރިއަލް އެގްޒިބިޝަން" ނަމުގައި މުސްތަފާ އަޒްމީގެ ލަކުޑި ލިޔުމުގެ މަސައްކަތްދައްކާދޭ (ވުޑް ޓަނިން) އެގްޒިބިޝަނެއް ހުޅުވާލައިފި އެވެ. އަޒްމީ އަވަހާރަވީ މިސްކިތެއްގައި ލަކުޑީގެ މަސައްކަތްކުރަމުން ދަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެނ މި އަހަރުގެ އޭޕްރީލް މަހުގައެވެ.

ނެޝަނަލް އާޓް ގެލަރީގައި މި އެގްޒެބުޝަން ހުޅުވާލީ އިއްޔެ އެވެ.

މާދަމާގެ ނިޔަލަށް ކުރިޔަށްދާ މި އެގްޒިބިޝަން އިއްޔެ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ހުޅުވައި ދެއްވި އިރު މިއީ ރާއްޖެއިން އާއްމުކޮށް ފެންނަ ގަސްގަސް ކަމުގައިވާ އަނބާއި ދިއްގާއާއި ކުންނާރު، ހިރިނދު، މޫނިމާ ގަހާއި އެ ފަދަ އެހެން ގަސްގަހުގެ ލަކުޑިން އަޒްމީ އޭނާގެ ހުނަރު ދައްކުވާދީފައިވާ ޒީނަތްތެރި ކުރަން ބަހައްޓާ ތަކެއްޗެވެ.