ހަބަރު

އޮޑިޓް އޮފީހުގެ އެކައުންޓެންޓުންގެ ފޯރަމް ފަށައިފި

Aug 27, 2019

ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އެކައުންޓެންޓުންނާއި އޮޑިޓަރުންނާއެކު، މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) ފަށައިފި އެވެ.

ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ އެކައުންޓިން ދާއިރާގެ ބޭފުޅުން ބައިވެރިވެފައިވެ އެވެ.

އެމްއޭއެފް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިއެފްއޭސީ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ސިލްވިއާ ތެންސް ވަނީ އޮޑިޓަ ޖެނެރަލް އޮފީހުން ރާއްޖޭގެ އެކައުންޓިން ދާއިރާ ތަރައްގީ ކުރަން ކުރައްވަމުން ގެންދާ މަަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

މި ފޯރަމްގައި ތަފާތު އެކި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދާނެ އެވެ. ފޯރަމްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މާހިރުންނާއި ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާ ކުރާނެ އެވެ.