އޮފްބީޓް

ހާލުގައި ޖެހުމުން އެހީވީ ކުރީގެ ޓީޗަރު!

އެމެރިކާގެ ޓެކްސަސް އުމުރުން 30 އަހަރުގެ ކްރިސް ބެރިންގްޓަން އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާގެ ހުންނަނީ ހުންނަނީ ހަ އަހަރުގެ ކުއްޖެއްގެ ވިސްނުމެވެ.

މީގެ ދެމަހެއް ކުރިން ބެރިންގްޓަން ޓެކްސަސް ސިޓީ ތެރެއަށް ގެއްލިގެން އުޅެނިކޮށް ފުލުހުން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެނގިފައިވާ ގޮތުގައި ބެރިންޓަންގެ ބައްޕައަށް ލިއުކީމިއާޖެހި ބަލީގެ ފަހުގެ މަރުހަލާގައި އުޅުމުގެ ސަބަބުން އޭނާއަށްވަނީ ދަރިފުޅާއި އަޅާނުލެވި އެވެ. ފުލުހުން ބެރިންޓަން އެއްވެސް ތިމާގެ ބައެއްގެ މައުލޫމާތު އިނގޭތޯ ސުވާލު ކުރުމުން ބެރިންގްޓަން ހަނދާނަށް އައީ އެންމެ ނަމެކެވެ. އެއީ އޭނާގެ ކުރީގެ ޖޫނިއާ ހައި ސްކޫލްގެ ޓީޗަރު މިޗެލް ގިރާޑެވެ.

ފުލުހުން އެމީހާ ހޯދާ އޭނާއާ ގުޅިއެވެ. ފަހުން ގިރާޑް ބުނިގޮތުގައި އޭނާ ބެރިންޓަން އާއި އެއްވެސް ގުޅުމެއް ނޯންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

ބެރިންޓަންއާ ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އޮޅުންފިލުވުމުން ގިރާޑަށް އެނގުނީ އޭނާ ބެރިންގްޓަންއާ ހަވާލު ނުވެއްޖެ ނަމަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިންސްޓިޓިއުޝަނަކަށް ފޮނުވާލާނެ ކަމެވެ. އެހެންކަމުން ގިރާޑް ވަނީ އޭނާގެ ބެލުމުގެ ދަށަށް ބެރިންޓަން ގެންގޮސް ޒިންމާއާ ހަވާލުވެފައެވެ.