މާލެ އިން ފުރައިގެން ފ. އަތޮޅު ބިލައްދޫއަށް ދިޔަ ބޯޓަކުން ފައިސާ ތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ބިލައްދޫއަށް ދިޔަ އެ ބޯޓުގެ ކަބަޑެއްގެ ތެރޭގައި ބަހައްޓާފަ ހުރި 450،000 ރުފިޔާ ވަގަށް ނަގާފަވާ ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފަ ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބޯޓަކުން ވައްކަން އިރު ފުލުހުން ވަނީ މިދިއަ ހަފްތާގައި އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ޓެކްސީ އަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފަ އެވެ.