ބިލެއްދޫ

ބިލެތްދޫގައި ހިނގި ކަންކަން ބަލަން ފަށަައިފި

ހިންދޫ ދީނަށް ނިސްބަތްވާ ބަޔަކު ފ. ބިލެތްދޫގައި ހިންގި ކަންކަން ފުލުހުންގެ ސަމާލު ކަމަށް އައިސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފި އެވެ.

ބިލެތްދޫގައި ބިދޭސީންގެ ބަޔަކު ވަނީ ފާޅުގައި ނިކުމެ އެ މީހުންގެ އަޅުކަމެއް އެ ރަށުތެރޭގައި ކުރިއަށް ގެންގޮސްފައެެވެ. އެކަމާއި ގުޅިގެން ރަށުގެ މަސްލަހަތު ގެއްލި ގިނަ ރައްޔިތުން ވަނީ ރުޅިގަދަވެފައެވެ.

ބިދޭސީންގެ ބަޔަކު ވަނީ ފާޅުގައި ނިކުމެ އެ މީހުންގެ އަޅުކަމެއް އެ ރަށުތެރޭގައި ކުރިއަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް އާންމުވެ އެތައް ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ ކަަމެއް ހިނގި ކަމުގެ މައުލޫމާތު އިއްްޔެ ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އާންމު އުސޫލުން ދެން ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަަންކަން ބަލަމުންދާ ކަމަށެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެހެން ދީންތަކުގެ މީހުންގެ ބާތިލް ކަންކަން ރާއްޖޭގައި ހިންގުން ވަނީ އާންމުވެފައެވެ. އެކަންކަމާއި ދެކޮޅަށް ފިޔަވަޅު އެޅުން ލަސްކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.