ހަބަރު

މާޅޮހުގައި ހައިޑްރޮޕޯނިކްސް ދަނޑުވެރިކަން ފަށައިފި

Aug 29, 2019

ގޯތި ތެރޭ ހުސް ބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހި ކުރުމުގެ ގޮތުން، ހައިޑްރޮޕޯނިކްސްގައި ދަނޑުވެރިކަން ކުރުމުގެ މަޝްރޫއެއް ބ. މާޅޮހުގައި ފަށައިފި އެވެ.

ބ. މާޅޮހުގައި މި މަސައްކަތް ފައްޓަވައި ދެއްވީ، އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު އެވެ.

މި ޕްރޮގްރާމްގެ ދަށުން ބ. މާޅޮހުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު މި މިނިސްޓްރީން މިހާރު ވަނީ ޤާއިމްކޮށްދީފައެވެ. އަދި ހައިޑްރޮޕޯނިސްގައި ގަސްހެއްދުމުގެ ތަމްރީން ޕްރޮގްރާމެއް ބ. މާޅޮހުގައި ވަނީ ހިންގާފަ އެވެ. މި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 20 ފަރާތުން ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމްގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމްކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސް ފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔު ކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ހާއްސަ ސިސްޓަމެއް ވަނީ ގާއިމްކޮށްދީފަ އެވެ. ފަތްޕިލާވެލި އިންދުމަށް ހާއްސަ ސިސްޓަމް ތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިޔުކަންބާއާއި މެލަން ހެއްދުމަށް ހާއްސަ ސިސްޓަމް ތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެ އެވެ.