ހަބަރު

ބޯކޮށް ވާރޭ ވެހި މާލޭގެ ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

ރޭ ދަންވަރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މާލެ އަށް މޫސުން ގޯސްވީ ރޭ ދަންވަރު 1:30 ގެ ފަހުންނެވެ. އެމްއެންޑީއެފުން ބުނީ، މާލެ އަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކަކުގައި ފެން ބޮޮޑުުވެފައިވާ ކަމަށެވެ. އަދި ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މާލޭގައި ފެން ބޮޑުވެފައިވަނީ ބޯކޮށް ވާރޭ ވެހިއްޖިއްޔާ އާއްމުކޮށް ފެންބޮޑުވާ، އައިޖީއެމްއެޗް ކައިރީ އަދި މާފަންނު ސްޓޭޑިއަމް ކައިރި އެވެ. މީގެ އިތުރުންވެސް މަޖީދީ މަގާއި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވެ އެވެ.

ވިއްސާރަވެ މާލެ އަށް އައި ކޮޅިގަނޑުގައި ފަރިދީ މަގުގައި ހުންނަ ޑީބްލޫ މެރިން ފިހާރަ އިމާރާތެއްގެ ބެލްކަނިން ބައެއް ކުދިކުދިވެގެން ވަނީ ވެއްޓިފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި، މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ބައެއް ރަށްރަށަށް އުދަ އެރުވެސް އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އަދި، މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ހދ އަތޮޅުން އދ އަށާއި ގއ އަތޮޅުން އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފައިވާ އިރު ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވެ އެވެ.

ވާރޭ ވެހި ފެންބޮޑުވި ސަހަރައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުން އެވެ.