އެޑެން ހަޒާޑް

ހަޒާޑް މުޅިން ފިޓެއް ނޫން، ފުރުސަތެއް ނުދޭނެ

0%
0%
0%

ސީޒަން ފެށުމުގެ ކުރިން ފަލަ މަސްގަނޑަށް ލިބުނު އަނިޔާއިން، އެޑެން ހަޒާޑް ރިކާވާވި ނަމަވެސް މެޗު ފިޓްނަސް ނެތުމުން ވިޔަ ރެއާލް އާ ދެކޮޅަށް ކުޅޭ މެޗުން، އޭނާއަށް ފުރުސަތު ނުދޭން ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ނިންމައިފި އެވެ.

ޗެލްސީއަށް ބޮޑު އަގެއް ދިނުމަށް ފަހު ރެއާލް މެޑްރިޑުން ގެންދިޔަ ހަޒާޑަށް ލިބުނު އަނިޔާ ގުޅިގެން، އަދި މިހާތަނަށް ރެއާލްގައި ޓީމުން ރަސްމީ އެއްވެސް ފުރުސަތެއް އަދި ނުލިބެ އެވެ.

މިދިޔަ އަންގާރަ ދުވަހާ ހަމައަށްވެސް، ހަޒާޑް ޓީމާއެކު ފަރިތަކުރުން ނުފަށަ އެވެ. އޭނާ ފަރިތަ ކުރަމުން ދިޔައީ ފިޓްނަސް ކޯޗާއެކު ޖިމްގަ އެވެ.

ސްޕެއިންގެ މާކާއިން ބުނެފައި ވަނީ، ހަޒާޑް 100 ޕަސަންޓް ފިޓް ކުރުމަށް ފަހު ނޫނީ އޭނާއަށް ފުރުސަތު ދޭން ޒިދާން ބޭނުން ނުވާ ކަމަށެވެ.

ސީޒަންގެ ކުރީ ކޮޅު ރެއާލް އަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. ޕްރީ ސީޒަންގެ ތެރޭގައި ފޯވަޑް މާކޯ އެސެންސިއޯ އަށް ލިބުނު އަނިޔާއާ ގުޅިގެން މުޅި ސީޒަން އޭނާ ވަނީ ގެއްލިފަ އެވެ. މިދިޔަ ހަފުތާގައި އިސްކޯއަށް ވެސް ވަނީި އަނިޔާ ވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345