ސިނަމާލެ ބްރިޖުގެ އަހަރީ އިންސްޕެކްޝަނަށް ބްރިޖްގެ ދެ ލޭނެއް މާދަމާއިން ފެށިގެން ދެ ދުވަހަށް ބައެއް ވަގުތުތަކުގައި ބަންދުކުރުން ނިންމައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސިނަމާލެ ބުރިޖު ބޭނުންކުރާތާ އެއް އަހަރު ވުމާ ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަނެއް ހަދަން ބައެއް ގަޑިތަކުގައި މާލެ އިން ހުޅުލެއަށް ދާ ދެ ލޭން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބްރިޖު ބަންދުކުރާ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ލޭން ވަގުތީ ގޮތުން ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް އެ ލޭން އިން ދުއްވާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.
ބްރިޖް ބަންދު ކުރާ ދުވަސްތަކާއި ގަޑިތައް
- މާދަމާ ހެނދުނު 8:00 އިން މެންދުރު 2:00 އަށް
- ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް
- ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް
ބުރިޖު މަތިން ދަތުރު ކުރާއިރު މި ބަދަލުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އިއުލާންގައި ވެއެވެ.
ބްރިޖް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.