ސިނަމާލެ ބްރިޖްގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސްކޫލްތައް ހުޅުވެން ދެން ބުރިޖް މަތީގައި ހުރިހާ ވައްތަރެއްގެ މުުދާ އުފުލާ އުޅަނދުގައި 24 ގަޑިއިރު މުދާ އުފުލޭނެ ކަމަށެވެ. އެ އޮތޯރިޓީން އެހެން ބުނެފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފަ އެެވެ.
މީގެ ކުރިން ސްކޫލް ހުޅުވާފައި ހުންނަ ދުވަސްތަކުގައި ބްރިޖު މަތީގައި 11:30 އިން މެންފދުރު ފަހު 13:30 އަށް މުދާ އުފުލުމަކީ މަނާ ކަމެކެވެ. އަދި ހެނދުނު 9:00 އިން 15:00 އަށް އަދި ރޭގަނޑު 1:00 އިން ހެނދުނު 6:00 އަށް ބުރިޖު މަތީގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.
ސްކޫލުތަށް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައި ވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަވެސް އެ އޮތޯރިޓީން ވަނީ ދީފަ އެވެ.