ކުޑަކުއްޖަކާއެކު 10 މީހަކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓު މިއަދު މެންދުރު 12:25 ގައި އެ އިދާރާއަށް ލިބުމާއެކު، އެ ލޯންޗު ހޯދަން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އެއީ ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެކެވެ. އަދި ލޯންޗުގައި ތިބީ ނުވަ މީހަކާއި ކުޑަކުއްޖެކެވެ. އިތުރު މައުލޫމާތެއް ސާފެއް ނުވެ އެވެ.