ހަބަރު

ރައީސް ދިޔަމިގިއްޔަށް ވަޑައިގެންފި

Aug 29, 2019

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތ. ދިޔަމިގިއްޔަށް މިއަދު ވަޑައިގެންފި އެވެ.

ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އެރަށަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އެވެ. އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިޔަމިގިލީ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ. ދިޔަމިގިއްޔަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ އެ އަތޮޅު ބުރުންޏަށެވެ.