ނޮޅިވަރަންފަރު ލޯންޗުގެ ހާދިސާ

ވަރަށް ފަޅުވާނެ... ދެރަވޭ!

ނޮޅިވަރަންފަރުން: ނާޒިމް ހަސަން
Aug 30, 2019
1
ނޮޅިވަރަންފަރު ސްކޫލްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންތަކެއް: މިއީ އެ ކުދިންނަށް ވެސް ބޮޑު ދެރައެއް - އަހުމަދު މުހައްމަދު | އަވަސް
0%
0%
0%

"ވަރަށް ފަޅުވާނެ، ނޭނގެ ބުނެދޭކަށް ވެސް!،" ނޮޅިވަރަންފަރުގެ ހިތްގައިމު ޖެޓީ ސަރަހައްދުގެ ފިނި މައިޒާނެއްގައި ތިބި ފުރާވަރުގެ ކުދިންތައް ބުނީ މިހެނެވެ.

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް އިއްޔެ ދިޔަ ލޯންޗު ބަންޑުން ޖަހާލައި، ކަނޑުވެ މަރުވެގެން ދިޔައީ އެ ކުދިން އެންމެ ގަޔާވާ، އެންމެ ލޯބިވާ "ސުޕަ ސޯ" އެވެ. ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު، ހުސެއިން އަބްދުﷲ އެވެ.

"އިއްޔެ އެ އަޑު އިވުމާއެކު ވަރަށް ދެރަވި، މޫނު ދެކިލަން ދާން ވެސް ބޭނުންވި އެކަމަކު ފުރުސަތެއް ނުލިބުނު،" މާޔޫސްކަމާއެކު އެއް ކުއްޖަކު ބުނެލި އެވެ.

ނޮޅިވަރަންފަރު ސްކޫލްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންތަކެއް: މިއީ އެ ކުދިންނަށް ވެސް ބޮޑު ދެރައެއް - އަހުމަދު މުހައްމަދު | އަވަސް

ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ މި ގުރޫޕަކީ ކޮންމެ ހުކުރެއްގައި ވެސް އެ ސަރަހައްދަށް ގޮސް މޫދު އެރިލައި ސަކަރާތް ޖަހާ އުޅުނު ބަޔެކެވެ. އެކަމަކު މި ހުކުރު އެ 12 ކުދިންނަށް ވެސް ތަފާތެވެ. އެކުވެރިންނާއެކު އިށީނދެލައި އަނގަ ތަޅާލުން ފިޔަވައި އިތުރު ކަމެއް ކުރުމުގެ މޫޑެއް އެ ކުދިންގެ މިއަދު ނެތެވެ.

ވިލު ނޫކުލައިގައި އޮތް ރީތި މޫދަށް ފުންމާލަން ދާނެ ކުއްޖަކު ވެސް މިއަދު ނުވި އެވެ.

ނޮޅިވަރަންފަރު ސްކޫލްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންތަކެއް: މިއީ އެ ކުދިންނަށް ވެސް ބޮޑު ދެރައެއް - އަހުމަދު މުހައްމަދު | އަވަސް

"ސުޕަ ސޯ އަހަރެން އެންމެންނަށް ވެސް ކިޔަވައިދިން، ދިވެހި އިސްލާމް ކިޔަވައިދެނީ، މިހާރު ކިޔަވައިނުދިނަސް ގާތް ގުޅުން އޮންނާނެ،" އަޑު ހުއްޓުން އެރިޔަސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ވަރަށް ވަރަށް މަޖާ ވާނެ، ސަމާސާ ކުރާނެ ވަރަށް، ވަރަށް ސަމާާސަ ވާނެ،" ހުރިހާ ކުދިން ވެގެން ސުޕަ ސޯ ސިފަކޮށްދޭން މަސައްކަތް ކުރި އެވެ.

ނޮޅިވަރަންފަރު ސްކޫލްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންތަކެއް: މިއީ އެ ކުދިންނަށް ވެސް ބޮޑު ދެރައެއް - އަހުމަދު މުހައްމަދު | އަވަސް

ހުސެއިން އަބްދުﷲއަށް އެ ކުދިން "ސުޕަ ސޯ" ކިޔަނީ ވަރަށް ގިނަ ދުވަހު ސްކޫލްގެ ސުޕަވައިޒަރެއްގެ ގޮތުގައި އުޅެފައިވާތީ އެވެ. އެންމެފަހުން އޭނާ ހުރީ ދަށު ގްރޭޑްތަކުގެ ޓީޗަރެއްގެ ގޮތުގަ އެވެ.

މިއަދު ނޮޅިވަރަންފަރު އެކީ ކަރުނަ އަޅަމުންދާއިރު އެންމެ ބޮޑު ފަޅުކަމެއް ލިބިގެން ދާނީ އެ ސްކޫލަށެވެ. ސްކޫލްގެ އެންމެ އިސް ތަނބުގެ ކުއްލި ވަކިވުމަކީ އެ ސްކޫލަށް އަރައިގަންނަން އުނދަގޫވާނެ ހިތާމައިގެ ފުން ވަޅުގަނޑެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910