މީޑިއާނެޓް

މީޑިއާނެޓުން ހަފުތާގެ ޓޮޕް ޓެން ޝޯ!

ކުޑަކުދިންގެ ޝޯތައް

"ޓްރޯލް ހަންޓާސް: ޓޭލްސް އޮފް އާކޭޑިއާ" - (އާ އެޕިސޯޑްތަކެއް)

ސެޕްޓެމްބަރު 2، ހޯމަ އިން ބުރާސްފައްޗަށް 16:30 ގައި ޑްރީމްވޯކްސް އެޗްޑީ އިން ދައްކާނެ (ޗެނަލް 838)

ޑްރީމް ވޯކްސް ޓްރޯލް ހަންޓާސްގެ ފައިނަލް ޗެޕްޓާގައި ފެންނާނި އެޓާނަލް ނައިޓް ގެނައުމަށް ގަންމާގެ މަަސައްކަތްތައް ހުއްޓުވުމަށް ޓްރޯލް ހަންޓާސް ކުރާ ކަންކަމެވެ. އަދި، ޓްރޯލްތައް ބަލި ކުރުމަަށް ކުރީގެ ޖާދުލެއް ހޯދައި ވަރުގަދަ ހަތިޔާރެއް ބޭނުންކުރާ ތަންވެސް ފެންނާނެ އެވެ.

"މައި ޕެޓް އެންޑް މީ: ވެޓް ޓޭލްސް" - ސީސަން 2 (ޕްރިމިއާ)

ސެޕްޓެމްބަރު 2، ހޯމަ އިން ހުކުރަށް 14:15 ގައި ސީބީބީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 839)

މައި ޕެޓް އެންޑް މީގެ ޖަނަވާރު އެކްސްޕާޓުން މަސައްކަތް ކުރާނީ ކުޑަކުދިން ގޮތަށް ޖަނަވާރުތަކަކީވެސް ބަލިވެދާނެ އެއްޗެހި ކަމާއި އޭއްޗިއްސަށް ޕްރޮފެޝަނަލް ޓްރީޓްމަންޓު ބޭނުންވާނެ ކަމެވެ. ކޮންމެ އެޕިސޯޑެއްގައި ފެންނާނީ ޔަންގް ޕެޓް އޯނަރުން އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޕެޓްތައް ބަލިވުމުން ވެޓް ކައިރި އަށް ގޮސް ފަރުވާ ދޭ ތަނެވެ. އެގޮތުން، ފުރޮޅުލީ ގޮނޑިއެއްގައި ބައިންދަން ޖެހޭ ޑޯގް އަކާއި އަހަކަށް އެކިއުޕަންޗާ ދޭން ޖެހޭ މަންޒަރުވެސް ފެންނާނެ އެވެ. މި އާއެކު ޕްރީސްކޫލް އުމުރުގެ ކުޑަކުދިންނަށް އޮޅުކޮށްގެން ގެންގުޅޭ ޕެޓްސްއަށް އަނިޔާ ލިބުމުން ކަންތައް ކުރާ ގޮތް ފެންނާނެ އެވެ.

ހިންދީ

"ކޯން ބަނޭގާ ކްރޯރް ޕަތީ" - އާ ސީސަން އެއް

ހޯމަ އިން ހުކުރަށް 20:30 ގައި ސޮނީ އެންޓަޓެއިންމަންޓް ޓީވީ އެޗްޑީ އިން ދައްކާނެ (ޗެނަލް 853)

ކޯން ބަނޭގާ ކްރޯރް ޕަތީ އަނެއްކާވެސް ފަށާފައިވަނީ މި ޝޯގެ ހޯސްޓު މަޝްހޫރު އަމީތާބު ބަޗަން އާއެކު އެވެ. ޝޯގެ ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބުދީގެން މޮޅުވާ މީހަކަށް އިންޑިއާ ރުޕީސްގެ އެއްމިލިއަން ލިބޭނެ އެވެ. މިއީ އިންޑިއާގައި މަަގުބޫލު ޝޯ އެކެވެ.

"ނަޗް ބަލިޔޭ 9 "

ހޮނިހިރު އަދި އާދިއްތަ ދުވަހު 19:30ގައި ސްޓާޕްލަސް އެޗްޑީ އިން ދައްކާނެ (ޗެނަލް 850)

ސްޓާޕްލަސްގެ މި ޑާންސް ޝޯ މި ފަހަރު ވަރަށް ހާއްސަ އެވެ. އެހެން އަހަރުތަކާ ހިލާފަށް ޝޯގެ ވާދަވެރިން ބައިވެރިޔާ އާއެކު ނެށުމުގެ އިތުރުން ކުރީގެ ލޯބިިވެރިންނާއެކުވެސް ނަށާނެ އެވެ. މި އަހަރުގެ ޝޯ ސަލްމާން ޚާން ޕްރޮޑިއުސް ކުރާ އިރު ޝޯގެ ޖަޖުންނަށް ރަވީނާ ޓަންޑަން އާއި އަހްމަދު ޚާން ތިބޭނެ އެވެ. ޝޯގެ މި ހަފްތާގައި އޮންނާނީ ގަދަ ހައަކަށް ވާދަ ކުރާ ޖޯޑުތައް ހޮވުމެވެ.

އިންފޮޓެއިންމަންޓް

"އެކްޓިވޭޓް: ދަ ގްލޯބަލް ސިޓިޒަން މޫވްމަންޓް" - (ޕްރިމިއާ) - ޔޫއެސް އާ އެއްދުވަހެއްގައި

ސެޕްޓެމްބަރު 6، ކޮންމެ ހުކުރު ދުވަހަކު 07:00 އާއި 18:00 ގައި ނެޝަނަަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ އިން ދައްކާނެ (ޗެނަލް 820)

2030 އަންނަން ވާއިރަށް ދުނިޔޭގައި ފަގީރުކަން ނަައްތާލުމަށް މަސައްކަތް ކުރާ މޫވްމަންޓް އެއް ދައްކުވައިދޭ "އެކްޓިވޭޓް" އަކީ ހަ ބަޔަކަށް ބަހާލައިގެން ގެނެސްދޭ ނެޝަނަލް ޖިއޮގްރަފިކް ޑޮކިއުމަންޓްރީ ސީރީޒް އެކެވެ. ކޮންމެ އެޕިސޯޑެއްގައި ފެންނާނީ އާ މައްސަލަ އަކަށް މަސައްކަތް ކުރާ ތަނެވެ. އެގޮތުން، ކެމްޕެއިން ތަކާއި ފަރުދީގޮތުން ކުރާ މަސައްކަތްތައްވެސް އެޕިސޯޑްތަކުގައި ފެންނާނެ އެވެ.

"ޕާފެކްޓް ހޯމް - އޭޝިއާ": ސީސަން 6 (ޕްރިމިއާ)

ސެޕްޓެމްބަރު 1، ކޮންމެ އާދިއްތަ ދުވަހަކު 16:00 ގައި އެޗްޖީޓީވީ އެޗްޑީ އިން ދައްކާނެ (ޗެނަލް 829)

އެހެން ގައުމަކަށް ބަދަލުވެ ދިރިއުޅުން ފަށަން ތައްޔާރުވަމުން އަންނަ އިރު، ގެއެއް ހޯދަން ކުރާ މަސައްކަތްތަކުގެ ތެރޭގައި މީހުންނަށް ކުރިމަތިވާ ކަންކަން މި ސީސަންގައި ވެސް ފެންނާނެ އެވެ. ތައިލެންޑުގެ އަތިރިމަތިން ސިންގަޕޫރުގެ ކޮންކްރީޓު ޖަންގަލިތަކުން ޕާފެކްޓް ހޯމް އެއް ހޯދަން މަސައްކަތް ކުރާ މީހުންގެ ޗެލެންޖަސް މި ޝޯގައި ފެންނާނެ އެވެ.

އިނގިރޭސި ފިލްމު

"ޑެސްޓިނޭޝަން ވެޑިން" (ޕްރިމިއާ)

ސެޕްޓެމްބަރު 2، ހޯމަ ދުވަހުގެ 18:00 ގައި ފޮކްސް މޫވީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 800)

ޑެސްޓިނޭޝަން ވެޑިން އަކުން ދިމާވާ ފްރޭންކް އާއި ލިންޑްސީ އަކީ އަލަށް ދިމާވި ބައެއް ނަމަވެސް، ދުވަހަކުވެސް ނުދަންނަ މި ދެމީހުންނަށް އެކުގައި އުޅެން ފެށުމުން އެތްގޮތް ކަންކަން ފެނެ އެވެ. ދައުވަތަކަށް ދިޔަ މި ކައިވެނި އޮންނަ ތަނާއި ކައިވެނި ކުރާ މީހުން ދެކެ ދެމީހުންވެސް ރުޅި އާދެ އެވެ. އަދި، ދެމީހުން ދެމީހުންނަށް ރުޅި އައިސް ތިބެ ކައިވެނީގެ ކަންތައްގަނޑުން ދުރުވުމަށް ދެމީހުން ވަކިވާ ހިސާބުން އެކަކު އަނެކަކާ ވާހަކަ ދެކެވި، ކުރިއާ ހިލާފަށް ތަފާތު ގުޅުމެއް އުފެދެ އެވެ.

އިނގިރޭސި ސީރީޒް

"މަޔަންސް އެމްސީ": ސީސަން 2 (ޕްރިމިއާ) - ޔޫއެސް އާ އެއްދުވަހެއްގައި

ސެޕްޓެމްބަރު 4، ބުދަ ދުވަހު 19:00 ގައި އެފް އެކްސް ޗެނަލް އިން ދައްކާނެ (ޗެނަލް 813)
މަޔަންސް އެމްސީ މަސައްކަތް ކުރަނީ ބޭބެ އޭންޖަލް އާއެކު ކުރީގެ ގުޅުންތައް އަލުން ވަރުގަދަަ ކުރުމަށެވެ. އެހެންނަމަަވެސް، އެ މަސައްކަތުގައި އިތުރު ކަންތައްތަކެއް ކުރިމަތިވެ ޗޮއިސް ތަކެއް ނަގަން ޖެހެ އެވެ. އޭނާގެ މަންމަގެ ގާތިލަކީ ސަންސް އޮފް އެނާކީގެ މެމްބަރަކަށް ވެދާނެ އެވެ.

"ދަ އެފެއާ": ސީސަން 5 އެޕިސޯޑް 2 - ޔޫއެސް އާ އެއްދުވަހެއްގައި

ސެޕްޓެމްބަރު 2، ހޯމަ ދުވަހުގެ 19:00 ގައި އެފް އެކްސް ޗެނަލް އިން ދައްކާނެ (ޗެނަލް 813)
ޖަނެލް އަށް އޭނާގެ އޮފީިސް މަސައްކަތާއި އަމިއްލަ ކަންކަން އެއްވަރެއްގައި ހިފެހެއްޓުމަށް އުނދަގޫވެ ކާލްގެ އެހީ ހޯދަ އެވެ. އަދި ޑެސެންޓްގެ ޕްރޮޑަކްޝަން މަސައްކަތްވެސް ފަށައިގެން ކުރިއަށްދާތަން މި އެޕިސޯޑުގައި ފެންނާނެ އެވެ.

ސްޕޯޓްސް

ޕްރިމިއާ ލީގު - އާސެނަލް އާއި ޓޮޓެންހަމް

ސެޕްޓެމްބަރު 1، ޕީއެލްޓީވީ (ޗެނަލް 880) އަދި އައިސްޓީވީ އެޗްޑީ (ޗެނަލް 100) އިން 20:30 ގައި ދައްކާނެ

ޕްރިމިއާ ލީގުގެ އެންމެ ދުވަސްވީ ވާދަވެރިން ކަމުގައިވާ އާސެނަލް އާއި ޓޮޓެންހަމްގެ މެޗު ތަަކަކީ ވަރަށް ވާދަވެރި މެޗު ތަކެކެވެ. މީގެ ކުރިން ސްޕާސް އަށް ވުރެ ގިނަ މެޗުން އާސެނަލް މޮޅުވިޔަސް ފަހުގެ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ ސްޕާސް އެވެ. އެކަމަކު އާސެނަލް އަކީވެސް އެ ޓީމަށް ދޫކުރާ ވަރުގެ ޓީމަކަށް ނުވުމުން މިރޭގެ މެޗު ވަރަށް ފޯރިގަދަ މެޗަކަށް ވާނެ އެވެ.