ލ. ގަމުގެ މުކުރިމަގުގައި ހުންނަ ފިހާރައަކަށް މީހަކު ވަދެ ވަޅިން ބިރުދައްކާ ފައިސާތަކެއް ފޭރިގެން ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ، މުކުރިމަގު އަވަށުގައި ހުންނަ އެ ފިހާރައަށް މީހަކު ވަދެ ކައުންޓަރުގައި އިން މީހާއަށް ވަޅިއަކުން ބިރުދައްކާ ވަތްގަނޑުުގައި ހުރި ފައިސާ ފޭރިގެން ގެންގޮސްފައިވާ މައްސަލައެއް މިއަދު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފޭރިގަނެގެން ގެންދިޔައީ ގާތްގަނޑަކަށް 4000 ރުފިޔާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ތުހުމަތުވާ މީހަކު ހައްޔަރު ކޮށްފަ އެވެ.