ހަބަރު

ރާއްޖެއަށް ޑްރަގު ގެނައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 4.195 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ، މިއަދު އިންޑިޔާގެ ޓްރިވެންޑްރަމްއިން އައި 48 އަހަރުގެ އިންޑިޔާ ފިރިހެނެއްްގެ އަމަލުތައް ހުރި ގޮތުން އޭނާއާމެދު ޝައްކު ކުރެވިގެން ބަލައި ފާސް ކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިިފައިވާ ކަމަށެވެ. އަދި، ފުރަތަމަ މަރުހަލާގެ ތަހުލީލުން އެތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެޝިޝް އޮއިލްއަށް ޕޮޒިޓިވް ވި ކަމަށެވެ.

މިއަދު އަތުލައިގަން މަސްތުވާތަކެތީގެ ބަރުދަނުގައި4.195 ކިލޯ ހުރިއިރު މިތަކެތީގެ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަތް މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އަދި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޑިއާ މީހުން ރާއްޖެއަށް މަސްތުވާތަކެތި ގެނައުން އިތުރުވަމުން އަންނަ އިރު އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީ ދަތުރުތައް ފަށަން ދަނީ މަސައްކަތް ކުރަމުންނެވެ.