ހަބަރު

ޑިވައިޑަރުތައް ހަލާކުވެގެން ދިޔައީ އެޗްޑީސީގެ އިހުމާލުން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒު --
66.7%
33.3%
0%

ސިނަމާލެ ބްރިޖުގެ ޑިވައިޑަރުތައް އެޗްޑީސީން ބެލެހެއްޓި ނަމަ ހަލާކުވެގެން ނުދިޔައީސް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖަށް މިއަދު ވަނީ އެއް އަހަރު ފުރިފަ އެވެ. މި ދުވަހާ ގުޅިގެން ޗެނަލް 13 ގައި ގެނެސްދިން ޕްރޮގްރާމެއްގައި ބްރިޖުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތްތައް ކޮންޓްރެކްޓަރު ކުރަން ޖެހޭ ވަރަށް ކޮށް ނިންމުމުން އެޗްޑީސީން ބަލަހައްޓަންޖެހޭ ހުޅުމާލެ ފަޅީގެ ޑިވައިޑަރުތައް ވަރުގަދަކުރަން މަސައްކަތް ކުރި ނަމަ މިއަދު އެހާ ފަސޭހައިން ހަލާކުވެގެން ނުދާނެ ކަމަށެވެ.

އަދި ޕްލޭންގައި އޮތީ އެ ޑިވައިޑަރުތަކަށް ވެލި އަޅައި މާގަސް އިންދާ މުޅި ހައިިވޭވެސް ފެހި ކުރުން ކަމަށެވެ. އެހެންނަމަވެސް އެކަން އެހެން ކުރަމުންދާތަން ނުފެންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެޗްޑީސީގެ އިހުމާލު އޮތް ވަރު ދަންނަވާ މި ސަބަބަކީ މިސާލަކަށް ޑިވައިޑަރުތައް، ޑިވައިޑަރުތައްވެސް ހަލާކުވެގެން އެ ދަނީ އެކަންވެސް އެއީ އެބޭފުޅުން ކުރަންޖެހޭ ކަމެއް. އެކަން ކޮންޓްރެކްޓާ ކުރަންޖެހޭ ވަރަށް ކޮށްނިންމީމައި ދެން އެޗްޑީސީން އެބަ ޖެހޭ ޑިވައިޑަރުތައް އެތަނުގައި އިތުރަށް ވަރުގަދަ ކުރަން، ބަރުކުރަން އެއަށް ވެލި އަޅައި މާގަސް އިންދާ ހަދަންޖެހޭ ގޮތެއް ހަދާ ނިންމަން ޖެހޭ. އެއްވެސް އެއްޗެއް ނާޅާ ބެހެއްޓީމައި ވަރަށް ލުއި ކޮށް ހުންނާނީ. ހަލާކުވެސް ވާނެ. އެކަމަކު ފުލްކޮށް އަޅަންޖެހޭ ގޮތަށް ވެލި އަޅާ ކޮމްޕެކް ކޮށްފައި ހެދި ނަމަ އެހާ ބޮޑަކަށް އޭތި މޫވް އެއް ނުކުރާނެ" މުއިއްޒު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެ ޑިވައިޑަރުތަކަކީ އެޗްޑީސީން ބޭނުންވި މިންގަނޑަށް ގެނެސްފައި ކޮންޓްރެކްޓަރު ބަހައްޓާފައި ހުރި ޑިވައިޑަރުތަކެއް ކަމަށެވެ. އެހެންކަމުން މިހާރު ޑިވައިޑަރުތައް ފުނޑުފުނޑުވެގެން ދާއިރު އެޗްޑީސީގެ އިހުމާލު އެކަމުގައި އޮތް ކަމަށް ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ، ޕްލާސްޓިކުން ހަދާފައި ހުރި ޑިވައިޑަރުތަކުގެ ބަދަލުގައި މިހާރު ފެންނަނީ ކޮންކްރީޓުން އާ ޑިވައިޑަރުތަކެއް ހަދަމުން އަންނަ މަންޒަރު ކަމަށާއި އެގޮތަށް އެކަން ކުރުމުން މާ ގިނަ ދުވަސްތަކެއް ނުވެ ބަޔަކަށް ގެއްލުންވެ ހިތާމަވެރި ހަބަރުތަކެއް އިވިގެން ހިނގައިދާނެ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ މަޝްރޫއު ހިންގި ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ބަލަހައްޓަން ޖެހޭ ބްރިޖުގެ މާލެ ސަރަހައްދުގެ މެއިންޓެނަންސް އަށް މަސައްކަތް ކުރާ ތަނެއް މި ސަރުކާރުން ނުފެންނަ ކަމަށެވެ. އަދި މިނިސްޓަރު ކަމުގައި ހުންނެވި އިރު ބްރިޖުގެ މެއިންޓެނަންސް އަށް ކުރަންޖެހޭ މަސައްކަތްތައް ކުރި ކަމަށާއި އެގޮތުން މެއިންޓެނަންސް އޮފީހުގެ ހުރިހާ އޮނިގަނޑެއް ތައްޔާރު ކޮށް ބަޖެޓުވެސް ކަނޑައަޅާ ރައީސް އޮފީހުން އެ ބަޖެޓުވެސް ފާސް ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ބްރިޖު ބެލެހެއްޓުމުގެ ގޮތުން އެއްވެސް ކަމެއް ކުރަމުން އަންނަ ތަން ނުފެންނަ ކަން ފާހަގަ ކުރައްވާ މި ކަމާމެދު ކަންބޮޑުވުން ހުރިކަން ފާޅުކުރެއްވި އެވެ.

"ސަރުކާރާ ހަވާލުވެފައި އޮތީ މާލެ ކޮޅު. އެއީ ޕްލޭނިން މިނިސްޓްރީ އަށް. ފުރަތަމަ ދެ އަހަރު ޗައިނާގެ ސަރުކާރުން ކުންފުނީގެ ފަރާތުން ބްރިޖު ބެލެހެއްޓިއަސް ސަރުކާރުން ދެ އަހަރު ވާންވާއިރަށް ވާންޖެހޭ އެތައް ތައްޔާރީ އެއް އެބަހުރި. މެއިންޓެނަންސް އޮފީހެއް ހަދަން ޖެހޭ. ވެހިކަލްތައް ހޯދަން ޖެހޭނެ. މުވައްޒަފުން ތަމްރީނު ކުރަންޖެހޭނެ. ވަރަށް ކަންބޮޑުވުން ހުރި ކަމެއް މިއީ. އެއީ ރައްޔިތުންނަށް މިހާވަރުގެ މުހިއްމު ކަމެއް ކޮށްދީ ނިންމާފައި ދިޔަ އިރު އެއްވެސް ކަހަލަ ސީރިއަސް ކަަމެއް މިކަމުގައި ދޭ ތަނެއް ނުފެނޭ"

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގެ މެދުގައި ޖެހި ޕްލާސްޓިކް ޑިވައިޑަރުތައް ކޮންކުރީޓަށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ ހަފްތާގަ އެވެ. ބްރިޖު ހުޅުވާލުމާއެކު ބްރިޖުގައި ހިނގި ގިނަ އެކްސިޑެންޓުތަކުގައި ޑިވައިޑަރުތައް ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި އަލުން މަރާމާތު ނުކުރުމުން ކުރީ މި ސަރުކާރަށް ކުރިންވެސް ވަނީ ފާޑު ކިޔާފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަސަންދީ

މުއިއްޒަކީ އާންމުކޮށް ފިތުނަ އުފެދޭ ގޮތައް ދޮގު ވާހަކަ ދައްކާ މީހެއް، މިފަހަރު މިދެއްކި ވާހަކައައް ތާޢީދު ކުރަން އެކަމަކުވެސް ބުނަން އޮތީ އެޗްޑީސީ އޮތީ ދަވާލާފައޭ 1ބިލިއަންޑޮލަރު ލޯންނަގައި އަދި ބަޖެޓްގަ އޮތް އެއްޗެއްވެސް ރިޔާސީ އިންތިޚާބައް ތަޅައި ހުސްކޮށް ބޭންކްރާފްޓް ކޮށްފައޭ އޮތީ އޭރުގެ އެމްޑީއަށް ފައިދާވާގޮތައް ބޮޑު އަގުގައި އެތައް ޕޮރޮޖެޓެއްވަނީ ދޫކޮށްފައި

ދޮންބެއްޔާ

މީނަގެ ކަންތައް ބޮޑުމުޞީބާތަކަށް ވެއްޖެއެވެ! ބުރިޖު ހަދައިނިމުނުއިރު، ބަޔަކަށް ކަމެއްރޭވިފައިއޮތްނަމަ، ބުރިޖު ހުރަސްކުރާ ކުރުމަށް އުޖޫރައެއްނަގާނެގޮތް ހަމަޖައްސައި، ކުރިޔަށްއަންނަ ދުވަސްތަކުގައި ކުރަންޖެހޭނެ މަރާމާތަށް ކޮންމެސްމިވަރެއްގެ އުޖޫރައެއް ނަގަންރޭވި، ނެގެންޖެހޭނެއެވެ. އެކަމަކު ކުރަމުންދިޔަ "ބޮޑު" ކަމެއްގެވާހަކަ އިތުރަށް ދެކެވި، އެކަމަށް އަނދިރިއެޅިދާނެތީއާއި ކުރިމަތީގައިއޮތް އިންތިޚާބަށް އެކަމުގެއަސަރު ކޮށްފާނެތީ އެކަމާއި އަޅާނުލައިތިބެފަ މިހާރު ކޮންވާހަކައެއްދައްކަންތޯއެވެ! މުޢިއްޒުއެވެ! ފުދިއްޖެއެވެ! ފުދިއްޖެއެވެ! މިހާރު އެންމެރަނގަޅުވާނީ ހަނުހުންނެވިއްޔާއެވެ. އެކަމަކު ފަޟީޙަތްވާން އޮވެއްޖެނަމަ، ޗުއްޕުކިޔައި ހަނުލަޔެއްވެސް ނުހުރެވޭނެތާއެވެ! މިހާރު ތިވަނީ ފަޟީޙަތެވެ! ޝުކުރާއި ސަލާމް!

ލލ

ތިބޭފުޅާ މާދެން ރައްޔިތުންނަށް ހެޔުފުޅުވެގެން ވާހަކަ ނުދައްކަވާ ބާރު ލިބުނު އިރު ކަންކުރެއްވީ ހަމަ ރަގަޅައްތޯ ؟

ނުފެނޭ

ރޭގަނޑު ގަޑީގަ، ހާއްސަކޮށް ވާރޭ ވެހޭއިރު، އަލަށް ހެދި ކޮންކްރީޓް ޑިވައިޑަރުތައް ނުފެނޭ. އެކަށީގެންވާ ވަރަށް ރިފްލެކްޓަރު ހަރުނުކޮށް މިކަން ކުރިއަށް ގެންގޮސްފިނަމަ ހިތާމަވެރި ހާދިސާތައް ހިނގާނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910