ރިޕޯޓް

ސޮނީ ހާޑްވެއާ ހުޅުމާލެ: ހިތްގައިމު މާހައުލެއްގައި ޝޮޕިން

Sep 10, 2019
ސޮނީ ހާޑްވެއާ ހުޅުމާލެ ފިހާރައިގެ ވީޑީއޯ

ފިހާރައިގެ ދޮރު މައްޗަށް ހުއްޓުމާއެކު ދޮރު ހުޅުވިއްޖެ އެވެ. އެތެރެ ބަލައިލުމުން އިހުސާސް ކުރެވެނީ ރާއްޖޭގެ ވިޔަފާރިތަކާއި ފިހާރަ ހުޅުވުމުގެ ވައްޓަފާޅި އައިސްފައިވާ ހަލުވި ކުރިއެރުމެވެ. ފިހާރައިގެ ފަންގި ފިލާގެ އުފުން އުސްވުމުން ފިހާރައިގެ ޖާގަ ތަނަވަސް ކޮށްދެ އެވެ. ބޮކިތަކާއި ރެކުތަކުގެ އެތުރުމުން ގެނެސްފައިވާ ވައްޓަފާޅިން އެތެރޭގެ މާހައުލު ރީތިކޮށްދެ އެވެ. މުދާ ރެކުތައް އަތުރާލާފައި ހުރީ ފަރުވާތެރިކަމާއި ރޭވުންތެރިކަމާއެކުގަ އެވެ. ހުޅުމާލެ އަށް އަރައި ނިރޮޅު މަގުން ކުރި އަށް ދާއިރު ވާތް ފަރާތުން ފެންނަ ރަތް ކުލައިގެ ބޮޑު މި އިމާރާތަކީ "ސޮނީ ހާޑްވެއާ ހުޅުމާލެ" އެވެ. ހުޅުމާލޭގައި ސޮނީ ހާޑްވެއާ އިން ހުޅުވާފައިވާ ބޮޑު ފިހާރަ އެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ފިހާރަ އަށް ވުމުގެ އިތުރުން މިތަން ވެފައިވަނީ ގިނަ ބައެއްގެ ފޭވަރިޓަށެވެ.

"ފަސޭހަ އިން މުދާ ހޯދާލެވޭނެ ގޮތަކަށް މި ތަން ހުންނާނީ. ފިހާރަ ފަރުމާ ކުރުމުގައި ބަލާފައިވާނީ ކަސްޓަމަރުންގެ ފަސޭހަ އަށް. ސެލްފް ސާވިސް ކޮންސެޕްޓެއްމިއީ. އެކަމަކު ކޮންމެ ކަސްޓަމަރަކު ބޭނުންވެއްޖެ ހިނދެއްގައި އަޅުގަނޑުމެންގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް،" ރާއްޖޭގެ އެންމެ ޒަމާންވީ ވިޔަފާރީގެ ބްރޭންޑް ކަމަށްވާ "ސޮނީ" ގެ ހުޅުމާލެ ފިހާރައިގެ މެނޭޖަރު މުހައްމަދު ހަމްދޫން ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރު "ސޮނީ" ގެ ބިންގާ އެޅުނު ދުވަހުން ފެށިގެން ވެސް ސޮނީގެ ހިދުމަތް ދިނުމުގެ ފަލްސަފާއަކީ ހިތްހެޔޮ ހިދުމަތާއި ފެންވަރު ރަނގަޅު މުދާ އަގު ހެޔޮކޮށް ރައްޔިތުންނާ ހަމަ އަށް ގެނެސް ދިނުނެވެ. ސޮނީއަކީ އެންމެންގެ "ފޭވަރިޓް ހާޑްވެއާ ސްޓޯރަށް" ވަނީ އެހެންވެ އެވެ. މި ފިހާރަ އިން ވެސް ފެންނަނި ހަމައެކަމެވެ. ސޮނީ ހުޅުމާލެ ފިހާރައަކީ މި މަގުސަދު އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނީގެ ވިޔަފާރީގެ ޗޭނުގައި އަޅުވާފައިވާ އިތުރު ބޮޅެކެވެ. މި ފިހާރަ އިން އެނގެނީ ހާޑްވެއާގެ ވިޔަފާރީގައި ސޮނީ އޮތް އުސްމިނެވެ. ގާތްގަނޑަކަށް ހަހާސް އަކަފޫޓުގެ ބޮޑު މި އިމާރާތް ފަސް ބުރި އަށް ހަދާ ނިންމާލާފައިވަނީ އަަހަރެއްހާ ދުވަހުން ނެވެ. ދަގަނޑު ތަނބު ޖަހައިގެން ހެދި "ޕްރީފެބް" މި ތަނަކީ މިގޮތަށް ރާއްޖޭގައި ހެދި ދެވަނަ ފިހާރަ އެވެ. މިހާރު މި ފިހާރައިގެ ތިން ބުރީގައި ހިދުމަތް ވަނީ ފަށާފަ އެވެ. މި ފިހާރާގައި ލިބެން ހުރީ ކޮން އެޗެއް ހެއްޔެވެ ؟

ގްރައުންޑްގައި ހާޑްވެއާ

ސޮނީ ހުޅުމާލެ ފިހާރާގައި ފައިސާ ދައްކަން ފަސް ކައުންޓަރު ހުރެ އެވެ. ފިހާރައިގެ އެންމެ ތިރި ނުވަތަ ގްރައުންޑް ފްލޯ ހާއްސަ ވަނީ ސޮނީގެ ވިޔަފާރި މަޝްހޫރު ކަން ހޯދި ހާޑްވެއާ ސާމާނަށެވެ. މި ފްލޯގައި އިސްކުރުން ފެށިގެން ޕީވީސީ ހޮޅި އާއި ކަރަންޓު ސާމާނުގެ އެކި ބާވަތްތަކުގެ އިތުރުން ތެރަހާއި ޓޫލް ލިބެން ހުރެ އެވެ. މިބައިގެ ކޮންމެ ރެކެއް ވެސް ބަރުކޮށްފައިވަނީ ކަސްޓަމަރުން ބޭނުން ވާނެ އެންމެ ކޮލިޓީ ހާޑްވެއާ ސާމާނުން ނެވެ.

ސޮނީ ހާޑްވެއާގެ އެސިޑެންޓް މެނޭޖަރު މާކެޓިން މުހައްމަދު އަބްރާރު ވިދާޅުވި ގޮތުގައި ސޮނީ ހާޑްވެއާ ހުޅުމާލެ ފިހާރައިގެ އެންމެ ހާއްސަ ކަމަކީ އެ ކުންފުނިން ލިބޭ ހުރިހާ އުފެއްދުމެއްހެން އެއް ފުރާޅެއްގެ ދަށުން ލިބެން ހުރުމެވެ.

ލައިޓިން އަށް ހާއްސަ ބައެއް

"ކާާޗާ" އާއި "ލެޑްވާންސް" އަދި "އޮސްރާމް" އާއި "ބޯޝް" އަދި "ޑަންލޮޕް" ރާއްޖެ ގެނެސްދިނީ ސޮނީ އިން ނެވެ. ދުނިޔޭގެ ބާޒާރުގައި ޒަމާންވީ އެތަށް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ބްރޭންޑުތައް ގިނަ ދިވެހިންނަށް އެނގިގެން ދިޔައީ ސޮނީގެ ސަބަބުން ނޭ ބުނެވިދާނެ އެވެ. އަދި މަސްވެރިކަމުގައި ބޭނުން ކުރާ މަޝްހޫރު "ސިމާއޯ" ބްރޭންޑުގެ މަސްވެރިކަމުގެ އާލާތްތައް ވެސް ހުރެ އެވެ. ސޮނީ އުފެއްދުނީއްސުރެން ފެށިގެން ވެސް އެ ތަނުން ލައިޓް ލިބެ އެވެ. ފަސޭހަކަމާއެކު ބޭނުންވާ ވައްތަރެއްގެ ލައިޓެއް ހޯދައިލުމުގެ ފުރުސަތު މި ފިހާރަ އިން ލިބެ އެވެ. މި ފްލޯ އިން ފާހަގަވާ ކަމަކީ މި ބްރޭންޑުތައް ޑިސްޕްލޭ ކުރުމުގައި ތަފާސް ވިސްނުމެއް ގެންގުޅެފައިވުމެވެ. މުދާ ރެކުތަކުގެ ފަރުމާ ކުރުން ވެސް މުޅިން ތަފާތު ވުމެވެ.

މި ބަދަލު ފެންނަނީ "ލެޑްވާންސް" ފަދަ ލައިޓް ވިއްކާ ބްރޭންޑުތަކާއި ސޮނީއާ އޮތް ގާތް ގުޅުމެވެ. މުދާ ހަރު ތަކަކީ ވެސް އެ ކުންފުނިތަކުގެ "ސްޓޭންޑަޑަށް" ފަރުމާކޮށްފައިވާ ރެކުތަކެކެވެ. ތަފާތަކީ މި އެވެ.

މިތަނުގައި ވެސް ސޮނީ ހޯމް

ސޮނީ ހޯމްގެ ފިހާރައެއް ދާދި ފަހުން ވަނީ މާލޭގައި ހުޅުވާފަ އެވެ. ނަމަވެސް ހުޅުމާލޭގައި ހުޅުވާފައިވާ މި ފިހާރައިގެ ދެވަނަ ފްލޯ އިން ވެސް ސޮނީ ހޯމްގެ މުދާ ލިބެން ހުރެ އެވެ. މި ބައިގައި ފާހާނާ އަށް ބޭނުންވާ ސާމާނާއި ގެ އަށް ބޭނުންވާ ސާމާނު ވެސް ލިބެން ހުރެ އެވެ.

ސޮނީ ހާޑްވެއާގެ ޝޮޕް މެނޭޖަރު މުހައްމަދު ހަމްދޫން ވިދާޅުވީ ސޮނީ ހާޑްވެއާގައި ހުރި ހުރިހާ ބާވަތް ތަކެއް މި ތަނުން ވެސް ލިބެން ހުންނާނެ ކަމަށެވެ.

"ކަސްޓަމަރުން ބޭނުންވާ ހުރިހާ ބްރޭންޑެއްގެ ސާމާނު ލިބޭނެ. ހޭންޑް ޓޫލުން ފެށިގެން ޕަވާ ޓޫލްސް އާއި ކެޕަރޯލް ޕެއިންޓްސް މި ތަތނުން ލިބޭނެ،" ހަމްދޫން ވިދާޅުވި އެވެ.

އެންމެންގެ ފޭވަރިޓް

މި ފިހާރައިގެ ބޭރުން ދާ ގިނަ މީހުން މި ތަނަށް ވަދެ ބަލައިލަ އެވެ. މިކަމުގައި ދިވެހިންނާ އެއް ވަރަށް ބޭރު މީހުންގެ ޝައުގުވެރިކަން ވެސް ވަކިން ކުޑަ އެއް ނޫނެވެ. ރާއްޖެ އަށް ޒިޔާރަތް ކުރާ ގިނަ ޓޫރިސްޓުންނާއި ބިދޭސީން ގެ މެދުގައި ސޮނީ ހާޑްވެއާ ހުޅުވާލެ ފިހާރައަކީ "ފޭވަރިޓް" އެވެ. ސަބަބަކީ އެ މީހުންގެ ގައުމުތަކުން ފެންނަ ފަދަ ޖާގަ ބޮޑު ތަނަވަސް އޮރިޖިނަލް އުފެއްދުންތަށް މިތަނުން ލިބެން ހުރުމެވެ. އަދި ބައެއް ބާވަތްތަށް ރާއްޖޭން ބޭރުން ލިބޭ އަގަށް ވުރެ ހެޔޮ ލިބެން ހުރުމަކީ ވެސް މި ފިހާރަ ހިޔާރު ކުރާ ސަބަބެކެވެ. އެހެންވެ، ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ގައުމަށް ދާއިރު މި ތަނުގައި ހުންނަ ބައެއް ބާވަތްތަށް ގެންދެ އެވެ. މިއީ ސޮނީއަށާއި ދިވެހިންނަށް ވެސް ލިބޭނެ ފަހުރެކެވެ.