ހަބަރު

މިދިއަ ހަފުތާގައި 51 އެކްސިޑެންޓް، 10 މީހުނަށް އަނިޔާ

މިދިއަ ހަފުތާގައި މާލޭގައި 51 އެކްސިޑެންޓު ހިނގައި 10 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އާންމުކުރި މިދިއަ ހަފުތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 51 އެކްސިޑެންޓު ހިނގާފަވާއިރު އެ އެކްސިޑެންޓް ތަކުގައި 10 މީހަކަށް އަނިޔާވި އެވެ.

ފުލުހުން ވަނީ މިދިއަ ހަފުތާގައި 487 އުޅަނދުތައް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް ޕާކް ކުރި 658 އުޅަނދެއްގައި ސްޓިކާ ޖަހާފަ އެވެ. އަދި 45 އުޅަނދު ޓޯ ކޮށްފައި ވެއެވެ.

ތަފާސް ހިސާބު ތަކަށް ބަލާއިރު ލައިސަންސް ނެތް 152 މީހުން ހިފަހައްޓާފައި ވާއިރު 92 މީހަކު ވަނީ ލައިސަންސް ކާޑު ނުލައި ދުއްވާފަ އެވެ. އަހަރީ ފީ ނުދައްކާ 83 އުޅަނދެއް ފުލުހުން ހިފަހައްޓާފަ ވާއިރު ޓްރެފިކް ގަވާއިދު ތަކާއި ހިލާފު ވެގެން 29 އުޅަނދެއް ހިފަހައްޓާފައި ވެއެވެ.

ކަނޑައެޅެފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވި 33 އުޅަނދެއް ހުއްޓުވި އެވެ. އަދި އިންޝުއަރެންސާއި ރޯޑު ވޯދިނަސް ނަހައްދާ 155 އުޅަނދެއް ހިފެހެއްޓި އެވެ.