ސިންގަޕޯ އެއާލައިންސްގެ ފްލީޓުގައި ހިމެނޭ އެންމެ ޖާގަ ބޮޑު އެއް ފްލައިޓު ކަމަށްވާ ޑްރީމްލައިނާ އިން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަަ ރޭ ޑްރީމްލައިނާ 10-787 ފުރަތަމަ ފަހަރަށް ޖެއްސުމާއުކު ވަނީ ވޯޓާ ސެލިއުޓް އަރުވާފަ އެވެ. އެއާޕޯޓުން ފްލައިޓަަށް މަރުހަބާ ކިޔާފަ ވަނީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.
ސިންގަޕޯ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ ވިދާޅުވީ ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމަާކޮށް ދަތުުރުތައް ފަށާފައިވާ މި ފްލައިޓުން އޭޝިއާ ޔޫރަޕުގެ ގައުމު ތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރު ވެގެން ދާނެ ކަމަށެވެ. އޭގެ ތެރޭގައި ޖަޕާން. ސައުތް ކޮރެއާ އަދި އެމެރިކާ ހިމެނެ އެވެ.
ޖުމްލަ 337 މީހުންގެ ޖާގަ ހުންނަ މި ފްލައިޓުގެ ބިޒްނަސް ކްލާހުގައި 36 ސީޓު ހުރެ އެވެ. އަދި އިކޮނަމިކް ކްލާހުގަ 301 ޖާގަ ހުރެ އެވެ. މި ފްލައިޓުގެ ސީޓު ތަކުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ކެބިން ޕްރޮޑަކްޓު ތަކެއް ލިބެން ހުންނާނެ އެވެ. މި ކެބިންތައް ހާއްސަވާ އެއް ސަބަބަކީ ފްލައިޓަށް އެރުމުގެ ކުރިން ދުރާލާ ކެއުންތަކަށް ބުކިން ހައްދަން ފުރުސަތު ލިބުމެވެ.
ސިންގަޕޯ އެއާލައިންސުން އަންނަނީ 1984 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ދަތުރު ކުރަމުންނެވެ.