ދިވެހި ސިނަމާ

އިލްޔާސްގެ "ބަވަތި" މިރޭ

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" މިރޭ ޕްރިމިއާކުރާނެ އެވެ. މިރޭ 8:00 ފެށިގެން "ބަވަތީ" ގެ ރެޑްކާޕެޓް އިވެންޓްކުރިއަށް ގެންދާނެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އިލްޔާސް ބުނީ މިރޭ ފިލްމް ޕްރިމިއާ ކުރަން ބާއްވާ ހަފުލާގައި ފިލްމުގައި ހިމެނޭ ގިނަ ތަރިން ބައިވެރިވާނެ ކަމަށެވެ. އަދި ރެޑްކާޕެޓް އިވެންޓްގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތަރިން ވެސް ބައިވެރިވާނެ ކަމަށެވެ.

"ބަވަތި" މިރޭ ޕްރިމިއާ ކުުރާއިރު، ފިލްމުގެ ހުރިހާ މަސައްކަތެއް ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށް އިލްޔާސް ބުންޏެވެ.

ބަވަތި ބެލުންތެރިންނަށް މިރޭ ގެނެސްދޭނީ އަޅުގަނޑު ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް ނިންމާލުމަށްފަހު. އެކަމުގެ ޔަގީންކަން ދެން. އަދި ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށްވާނެ ކަމަށް އުންމީދު ކުރަން
އިލްޔާސް ވަހީދު

"އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ލިޔެފައިވަނީ ވެސް އިލްޔާހެވެ. އޭނާ ބުނީ މިއީ ޒުވާން ދެމަފިރިއެއްގެ ދިރިއުޅުމުގައި ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ.

"ބަވަތި" މި ފިލްމަކީ ދިވެހިންގެ މުޖްތަމައުއާއި ގުޅޭ، ދިވެހި ފިލްމީ އޯޑިއެންސް ބަލާލަން ބޭނުން ކަހަލަ ރަހަތަކެއް ހިމެނިފައިވާ، ތަފާތު ފިލްމަކަށްވާނެކަމުގެ ޔަގީންކަންވެސް ޕްރޮޑަކްޝަން ޓީމުން ވެސް ދެއެވެ. "ބަވަތި"ގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެފައިވާއިރު، އިތުރު ޝޯތަކުގެ ޓިކެޓް ވެސް ދަނީ ވިއްކަމުންނެވެ.