ޒަހާ ވަހީދު

މިނިސްޓަރު ޒަހާ ނިއުޒީލޭންޑަށް

Sep 2, 2019
3

މަސްވެރިކަމާ ގުޅުންހުރި ދެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ނިއުޒީލޭންޑަށް ފުރާވައިގެންފި އެވެ.

ޒަހާ ނިއުޒީލޭންޑްގެ އޯކްލޭންޑަށް ވަޑައިގަތީ، އެ ގައުމުގައި މާދަމާ ފަށާ ޕެސިފިކް އައިލެންޑް ނޭޝަންސް މެރިން ކޮސަވޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ސަމިޓާއި މެރިން ސްޕެޝަލް ޕްލޭނިން އާއި ގުޅޭ ބައްދަލު ވުމަކަށެވެ.

މި ދެ ބައްދަލުވުމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި އެންވަޔަރަންމެންޓަލް ލޯ އިންސްޓިޓިއުޓް، ވައިޓް އިންސްޓިޓިއުޓް، އަދި އައިޔޫސީއެން އޯޝެނިއާ ގުޅިގެން ބާއްވާ ދެ ބައްދަލުވުމެކެވެ.

މި ބައްދަލުވުންތަކުގައި ޖަޒީރާ ގައުމުތަކުގެ މެދުގައި މެރިން ސްޕެޝަލް ޕްލޭނިން އާއި ގުޅެގޮތުން މަޝްވަރާކޮށް މި މަސައްކަތް ތަރައްގީކޮށް ހަރުދަނާ ކުރަން ބޭނުންވާ ގާނޫނީ ނިޒާމް ފަރުމާ ކުރުމުގައި ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ރަނގަޅު އާދަތަކަށް ރިއާޔަތް ކޮށްގެން އެ މަސައްކަތް ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ.