ރޭގެ ވަގުތެއްގައި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލަ ބަލަން ފެށީ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުން އެކަމަށް ލިބެންޖެހޭ ފަރުވާ ލިބުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށް އެމީހާގެ އާއިލާ ތުހުމަތު ކުރުމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ އެފަދަ ހާދިސާއެއް ހިނގާފައިވާތީ އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އޭގެ އިތުރު މައުލޫމާތު އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.