ހަބަރު

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

Aug 3, 2015

މިއަދު ހެނދުނު 9:45 ކާއި މެންދުރުފަހު 3:00 އަކާ ދެމެދު މާލޭގެ ބައެއް ހިސާބު ތަކުން ކަރަންޓު ކެންޑޭނެ ކަމަށް ސްޓެލްކޯ އިން އިއުލާން ކޮއްފި.

ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯއިން މާލެއަށް ކަރަންޓު ދޫކުރާ އެއް ޖެނަރޭޓަރު ހަލާކު ވުމާ ގުޅިގެން އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ގޮތުން މާލޭގެ ބައެއް ހިސާބު ތަކަށް ކަރަންޓު ދިއުން އެކަށީގެންވާ ކަމަށް ސްޓްލްކޯގެ ވެބްސައިޓުގައި ވެސް މިއަދު ވަނީ ބުނެފަ އެވެ. އަދި ކަރަންޓު ކެންޑޭނެ ސަރަހައްދު ގެ މައުލޫމާތުވެސް އެ ސައިޓުގައި މިއަދު ވަނީ ހިމަނާފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު "އަވަސް" އަށް މިއަދު މައުލޫމާތު ދެއްވި ގޮތުގައި އެ ކުންފުނީގެ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލަ ރަނގަޅުކޮށް ކުރީގެ ހާލަތައް ގެނައުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ވަރަށް އަވަހަށް އެ މައްސަލަ ހައްލުކޮށް އާންމު ހާލަތުގައި ބަރާބަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮއްދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓޫ ކަންޑައިގެން ދިއުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ރައްޔިތުންގެ ފަރާތުން މާފަށްއެދިފަ އެވެ.