ކުށްކުރުން

ޓެކްސީ ޑްރައިވަރަކަށް ހަމަލާ ދިނުމަށްފަހު ފިލައިފި

އަލިކިލެގެފާނު މަގުން ޓެކްސީ ޑްރައިވަރަކަށް ހަމަލާ ދިނުމަށްފަހު މީހަކު ފިލައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:30 އެހާ ކަންހާއިރު، އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ ދެ މީހަކު، އެ މަގުން ދަތުރު ކުރަމުން ދިޔަ ޓެކްސީއަކަށް ގެއްލުންދީ އެ ޓެކްސީގެ ޑްރައިވަރަށް މާރާމާރީ ހިންގުމަށްފަހު ފިލާފައިވާ ކަމަށެވެ.

އެ މީހުން ދިން ހަމަލާގައި ޑްރައިވަރުގެ ލޯމަތީގައި ޖެހުމުގެ ސަބަބުން ލޯ ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. އަދި ޑްރައިވަރަށް ދިން ހަމަލާގެ އިތުރުން ކާރަށް ވެސް ވަނީ ގެއްލުންދީފަ އެވެ. އެގޮތުން ކާރުގައި ތަޅައި ކާރު އެކި ތަންތަން ބަނޑިކޮށްލާފައި ވެއެވެ.

މިކަމާ ގުޅިގެން ތުހުމަތުވާ އެއްވެސް މީހަކު އަދި ފުލުހުންނަކަށް ނުހޯދެ އެވެ.