އެމްއެންޑީއެފް

ހިލަ ބަރުކޮށްގެން ދަތުރުކުރި ބާޖެއް ފަރަށް އަރައިފި

ހިލަ ބަރުކޮށްގެން މާލެ ދަތުރު ކުރަނިކޮށް ފަރަށް އެރި ބާޖު- ފޮޓޯ އެމްއެންޑީއެފް
0%
0%
0%

އިންޑިއާގެ ބަދަރަކުން ހިލަ ބަރު ކޮށްގެން ރާއްޖެ އައިސް މާލެއަށް ދަތުރުކުރި ބާޖެއް ކ. ހިންމަފުށި އިރުމަތީ ފަރާތު ފަރަށް އަރައިފި އެވެ. އެ އުޅަނދު ފަރަށް އެރުމުން ކޯސްޓުގާޑުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެމްއެންޑީއެފްއިން ބުނީ، ބާޖު ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބާޖު ފަރަށް އަރަން ދިމާވީ، ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅިގެނެވެ. މިހާރު ބާޖު ފުން ކުރުމުގެ މަސައްކަތް ބާޖުގެ ވެރިފަރާތާއި ސިފައިންނާއި ގުޅިގެން ވަނީ ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345