މީޑިއާނެޓް

މީޑިއާނެޓުން ހަފުތާގެ ޓޮޕް ޓެން ޝޯ

ކުޑަކުދިން

ސްޕޮންޖް ބޮބް ސްކޮޔާ ޕޭންޓްސް - ބެސްޓް ޕެޓް ފްރެންްޑްސް އެވާ

ސެޕްޓެމްބަރު 9 އިން 13 އަށް، ހޯމައިން ހުކުރަށް 4:00 ގައި ނިކަލޯޑިއަން އެޗްޑީ އިން ދައްކާން (ޗެނަލް 836)

ނިކަލޯޑިއަން އިން ގެނެސްދޭ މި ސީރީޒް 2000ގައި ދައްކަން ފެށިގޮތަށް މިއަދުވެސް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލެވެ. ސްޕޮންޖްބޮބް އާއި ޕެޓްރިކް އަދި ސްކުއިޑްވާޑް އާއި އިތުރު ކެރެކްޓާސްތައް ހިމެނޭ މި ކާޓޫންގެ އާ އެޕިސޯޑް ތަކެއް އަލުން ދައްކަން ފަށާފައިވާއިރު މިހަފްތާގެ އެޕިސޯޑްތަައް ހާއްސަ ވަނީ ސްޕޮންޖް ބޮބް އާއި ޕެޓް ގޭރީ އަށެވެ. އެންމެންވެސް ޕެޓްސް ދެކެ ލޯބިވާ ގޮތަށް ސްޕޮންޖްބޮބް ވެސް އޮޅު ކޮށްގެން ގެންގުޅޭ ސްނެއިލް، ގޭރީ ދެކެ ލޯބި ވެ އެވެ. މި ހަފްތާގައި ދައްކާނި އެކި ކަންކަމުން ގޭރީ ސަލާމަތް ކުރަން ސްޕޮންޖްބޮބް ކުރާ މަސައްކަތްތަކެވެ. ގޭރީގެ ކެރެކްޓާއަށް ލޯބި ކުރާ ކުދިންނަށް މި ހަފްތާގެ އެޕިސޯޑްތައް ވަރަށް ކަމުދާނެ އެވެ.

ޝިމާ އެންޑް ޝައިން - އާ އެޕިސޯޑްތަކެއް

ހޯމައިން ހުކުރަށް 06:20 ގައި ނިކް ޖޫނިއާ އިން ދައްކާނެ (ޗެނަލް 207)

ކުޑަކުދިންގެ މެދުގައި މިހާރު އެންމެ މަަގުބޫލު އެއް ކާޓޫނަކީ މި ދެ ކެރެކްޓާ އުޅޭ "ޝިމާ އެންޑް ޝައިން" އެވެ. ޖާދޫގެ މި ދެ ޖީނީ، ޝިމާ އަދި ޝައިން އެކުގައި މި ހަފްތާގައި ގެނެސްދޭނީ "ޑްރެގަން ރައިޑާ"ގައި ޑްރެގަން ދުއްވަން ދަސްކުރާ މަސަައްކަތް ތަކެވެ. އަދި، ބައުންސް ވާ ފުށަކުން ކޭކެއް އަޅަން އުޅެން އުނދަގޫ ވުމާއި "ޒަހްރާކޯން ޕެރޭޑް" އެއްވެސް މި ހަފްތާގެ އެޕިސޯޑްތަކުގައި ފެންނާނެ އެވެ.

އިނގިރޭސި ސީރީޒް

މޭން ވިތު އަ ޕްލޭން - ސީސަން 3 (ޕްރިމިއާ)

ސެޕްޓެމްބަރު 11، ހޯމައިން ހުކުރަށް 18:55 ގައި ކޮމެޑީ ސެންްޓްރަލް އެޗްޑީ އިން ދަައްކާނެ (ޗެނަަލް 819)

ގޯލްޑަން ގްލޯބް އިން ވަނަ ލިބުނު މެޓް ލެބްލޭންްކް މި ސީރީޒްގައި އެނބުރި ސްކްރީނަށް އަންނަ އިރު ކުރިމަތިލާން ޖެހެނީ އޮފީސް މަސައްކަތާ ޕާސަނަލް ލައިފް އާ އެއްކުރުމުން ދިމާވާ ކަންތައްތަކުގެ ތެރެއަށެވެ. އޭނާގެ އަަންހެނުން އޭންޑީ (ލީޒާ ސްނައިޑާ) އާއެކު މަސައްކަތް ކުރަން ޖެހެނީ ކޮންސްޓްރަަކްޝަން އޮފީހެއްގަ އެވެ. އެކުގައި މަސައްކަތް ކުރަން ޖެހުމުން "ވައިފްް ޕްްރޫފް އޮފީސް" އަކަށް ހަދަން ޖެހުން ކަހަލަ މަޖާ ކަންކަން މި ސީރީޒްގައި ފެންނާނެ އެވެ.

ސްނޯފޯލް - ސީސަން 3 (ސީސަން ފިނާލޭ) - ޔޫއެސް އާ އެއްދުވަހެއްގައި

ސެޕްޓެމްބަރު 12، ބުރާސްފަތި ދުވަހުގެ ރޭ 19:00 ގައި އެފްއެކްސް އެޗްޑީ އިންް ދައްކާނެ (ޗެނަލް 813)

އޮސްކާ އެވޯޑަށް ނޮމިނޭޓްވި ޖޯން ސިންގްލްޓަން ކޯ ކްރިއޭޓްކޮށް އުފައްދާ މި ޑްރާމާ ސީރީޒްގެ ފުރަތަމަ އެޕިސޯޑްތައް ޕްރިމިއާ ކުރަންފެށީ 2017 ގަ އެވެ. ފިނާލޭ ސީސަން މި ހަފްތާގައި ފަށާއިރު ސީރީޒްގެ ލީޑް ފްރެންކްލިންގެ މުހިއްމު ރޯލުތައް ފެނެ އެވެ. އޭނާ އަށް އެހެން މަަގެއް ފެނި، ސައުތު ސެންޓްރަލްގެ ދިރިއުޅުން އުމުރަށް ބަދަލުކޮށްލަ އެވެ.

އިންފޮޓެއިންމަންޓް

ބަރީޑް ސީކްރެޓްސް އޮފް ވޯލްޑް ވޯ 2 (ޕްރިމިއާ)

ސެޕްޓެމްބަރު 12، ކޮންމެ ބުރާސްފައްޗެއްގައި 18:00 ގައި ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ އިން ދައްކާނެ (ޗެނަލް 820)

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އަކީ ދުނިޔެ ދުށް އެންމެ ބޮޑު އެއް ހަނގުރާމަ އެވެ. އެ ދުވަސްވަރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނގުރާމަތައް ބަދަލުކުރި އިރު ކުރެވުނު ގިނަ އޮޕަރޭޝަންތަކުގެ މަައުުލޫމާތު އޭގެ އަސްލު އޮޅޭ ފަދަ ގޮތަކަށް ފަތުރާފައިވާއިރު މި ސީރީޒްގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކަތައް އަލުން ގެނެސްދެވޭނެ އެވެ. އެގޮތުން، ރިމޯޓް ސެންސިން ޓެކްނލޮޖީގެ އެހީގައި ކޮންމެ އެޕިސޯޑެއްގައި، ބޮޑު ހަނގުރާމަ ދުވަސްވަަރުގެ ހަނގުރާމަ އެއް ނޫނީ ކެމްޕެއިނެއް ގެނެސްދޭނެ އެވެ.

ފިލްމު

އިން ފުލް ބްލޫމް (ޕްރިމިއާ)

ސެޕްޓެމްބަަރު 11، ބުދައިގައި 19:00 ގައި ފޮކްސް އެކްޝަން މޫވީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 802)

މި އަހަރު ރިލީޒް ކުރި މި ކުރު ފިލްމަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ފުލް ބްލޫމްގައި ގެނެސްދޭ ފިލޯސޮފިކަލް ބޮކްސިން ޑްރާމާ އެކެވެ. ފިލްމުގައި ދައްކުވައިދޭނީ ދުނިޔޭގެ ދެ ސަރަހައްދަކުން ދެ ފައިޓަރުން އެކުގައި ބޮޑު ފައިޓެއްް ކުރުމަށް އެމީހުންގެ މެނޭޖަރު ޔަކޫޒާ ގެންނަ ގެނައުމެވެ. އިމޯޝަނަލް މަންޒަރުތަކާއި އެކްޝަނުން ފުރިގެންވާ ފިލްމެއްގެ ގޮތުގައި މި ފިލްމު ވާނެ އެވެ.

ޑަމްޕްލިން (ޕްރިމިއާ)

ސެޕްޓެމްބަރު 14، ހޮނިހިރު 18:00 ގައި ފޮކްސް މޫވީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 800)

ޖޫލީ މާފީ ލިޔެފައިވާ ނޮވެލް "ޑަމްޕްލިން" އަށް ޑައިރެކްޓަރު އޭން ފްލެޗާ އުފައްދާފައިވާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. ފިލްމުގެ މުހިއްމު ރޯލަކުން މަޝްހޫރު އެކްޓްރެސް ޖެނިފާ އެނިސްޓަން ފެންނަ އިރު، ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް އޭނާ ވަނީ މި ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. މި މިއުޒިކަލް ޑްރާމާގައި ޓެކްސަސްގައި ކުރިއަށްދާ "މިސް ޓީން ބްލޫބޮނެޓް" ހުއްްޓުމަށް ބިއުޓީ ކުއީން އެއްގެ ޕްލަސް ސައިޒް ދަރި ވިލޯޑީން (ޑަމްޕްލިން) ކުރާ މަސައްކަތްތައް ފެންނާނެ އެވެ. އަދި އޭނާގެ މަސައްކަތުން ބިއުޓީ ޕެޖަންޓްސް ހޮވުމަށް ބާއްވާ މުބާރާތް ހުއްޓުވުމުގައި އިތުރު މީހުންވެސް ބައިވެރިވެ ބޮޑު ޑްރާމާ އަކަށް ވެ އެވެ.

ހިންދީ

ސަންޖީވަނީ

ހޯމައިން ހުކުރަށް 19:00 ގައި ސްޓާޕްލަސް އެޗްްޑީ އިން ދައްކާނެ (ޗެނަލް 850)

ސްޓާޕްލަސް އިން މިހާރު ދައްކަމުންދާ މެޑިކަލް ޑްރާމާ ސަންޖީވަނީ އަކީ މިއީ މީގެ 15 އަހަރު ކުރިން ދައްކަން ފެށި ސީރީޒްގެ ތިން ވަނަ ސީކުއެލް އެވެ. އެންމެ ފުރަތަމަ ސަންޖީވަނީ ގެނެސްދީފައިވަނީ 2002 އިން 2005 އަށެވެ. އެއަށްފަހު، ދިލް މިލް ގަޔޭ"ގެ ނަމުގައި ސްޓާޕްލަސްގެ ކުނޑައިގެ ދަށުން ކުރިން ހިންގި "ސްޓާ ވަން"ގައި ވެސް ސަންޖީވަނީގެ ސީކުއެލްއެއް ގެނެސްދިނެވެ.
ސަންޖީވަނީގެ އާ ސީސަން އެއް އަލުން ފަށާފައިވާއިރު، ކާސްޓުންގެ ގޮތުގައި މޮނީޝް ބަލް، ގުރްދީޕް ކޯލީ، މިހިރް މިޝްރާ އަދި ސަންޖީތު ބޭދީ ވެސް ހިމެނެ އެވެ. ކޯޝިކް ގަތަކް ޑައިރެކްޓުކޮށް ގެނެސްދޭ މި ސީރީޒްގައި ހޮސްޕިޓަލުގައި ހިނގާ ހާދިސާތަކާއި އަސްލު ދިރިއުޅުމުގެ ހާދިސާތައްވެސް ގެނެސްދެ އެވެ.

ޑާންސް އިންޑިއާ ޑާންސް: ބެޓްލް އޮފް ދަ ޗެމްޕިއަންސް

ހޮނިހިރު އަދި އާދިއްތާގައި 19:30 ގައި ޒީޓީވީ އެޗްޑީ އިން ދަައްކާނެ (ޗެނަލް 852)

އިންޑިއާގެ ޓީވީ ތަކުން ގެނެސްދޭ ޑާންސް ޝޯތަކުގެ އެންމެ ބޮޑު އެއް ޑާންސް ޝޯ، "ޑާންސް އިންޑިއާ ޑާންސް"ގެ ހަތްވަނަ ސީސަން އާއެކު އަލުން ފަށައިފި އެވެ. ރަފްތާރު، ބޮސްކޯ އަދި ކަރިނާ ކަޕޫރު އެކުގައި ޖަޖިން ޕެނަލް އިން މިސީސަން ގައި ފެންނަ އިރު، ކުރީގެ ޖަޖް ގީތާ ކަޕޫރު މި ހަފްތާގެ ޝޯގައި ބައިވެރިވާނެ އެވެ. ގީތާ އަކީ މި ޑާންްސް ޝޯގެ ފުރަތަމަ ސީސަންގެ ޖަޖަކަށް ވުމުން މި ހަފްތާގެ ޝޯ ކުރިއާ ހިލާފަށް ވަރަށް ފޯރިގަދަ ވާނެ އެވެ.

ސްޕޯޓްސް

ޔުއެފާ ޔޫރޯ 2020 ކޮލިފަައިން

އިންގްލެންޑް އަދި ކޮސޮވޯ
10 ސެޕްޓްމެބަރު 23:45 ގައި ސޮނީ ޓެން 2 އެޗްޑީ (ޗެނަލްް 892) އަދި ސޮނީ ޓެން 2 (ޗެނަލް 309) އިން ދަައްކާނެ

ލިތުއާނިއާ އަދި ޕޯޗުގަލް
10 ސެޕްޓްމެބަރު 23:45 ގައި ސޮނީ ޓެން 1 އެޗްޑީ (ޗެނަލްް 881) އަދި ސޮނީ ޓެން 1 (ޗެނަލް 302) އިން ދަައްކާނެ

ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ ޔޫރޮޕްގެ ގަދަ ޓީމްތައް ކުޅޭ ޔޫރޯ 2020 ގެ ކޮލިފައިން މެޗުތައް ފަށާފައި ވާއިރު މި ހަފްތާގައި އޮތީވެސް ވަރުގަދަ ދެ މެޗެވެ. ޕޯޗުގަލް އަކީ ކުރީ މުބާރާތުގެ ޗެޕްމިއަން އަށްވެފައި މި ހަފްތާގެ މި މެޗުގައި މި ޓީމް ވާދަ ކުރަނީ ޓީމުގެ އެންމެ މަގުބޫލު ކުޅުންތެރިޔާ ރޮނާލްޑޯ އާއެކު ލިތުއާނިއާ އާއެވެ. އަދި، އިންގްލެންޑް އާއި ކޮސޮވީ މެޗުވެސް މި ހަފްތާގައި ކުޅޭ އިރު، ރާއްޖޭގެ އިންގްލެންޑްގެ ފޭނުން މި މެޗަށް އިންތިޒާރު ކުރާނެ ކަމަށް ބެލެވެ އެވެ.