ހޮންކޮންގް

ބިލް ގެންދިޔުމުން ވެސް ހޮންކޮންގް މުޒާހަރާ ކުރިއަށް

ހޮންކޮންގުގެ ރައްޔިތުން ދެކޮޅު ހަދަމުން ދިޔަ އެކްސްޓްރެޑިޝަން ބިލް އަނބުރާ ގެންދިޔުން ވެސް މުޒާހަރާތައް ހުއްޓާނުލާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިހާރު މުޒާހަރާ ކުރަމުންދަނީ ހޮންކޮންގް ލީޑަރު ކެރީ ލޭމް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަ އެވެ. މުޒާހަރާގެ ބައިވެރިން ބުނަނީ، ޗައިނާގެ ނުފޫޒުން ކަމަށްބުނެ، ބިލް އަނބުރާ ނުގެން ގޮސް ލޭމް ހުންނެވީ ބިލް ފާސް ކުރުމުގެ ބޭނުމުގައި ކަމަށެވެ. މީގެ އިތުރުން ބިލާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން ސިޔާސީ ލީޑަރަކަށް ގޭންގަކުން ހަމަލާދިން މައްސަލަ އާއި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރި މައްސަލަ ބަލަން ފަށާފައި ނުވާ ކަމަށެވެ.

"ކެރީ ލޭމް އަކަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެވޭ، އޭނާ މަގާމުގައި ހުރެއްޖެނަމަ އެއްވެސް މައްސަލައެއް ނުބެލޭނެ، ބިލް އަނބުރާ ގެންދިޔުމުގެ ބޭނުމުގައި ލޭމް މަސައްކަތް ކުރީ އާންމުނަށް އަނިޔާ ކުރަން، އެކަންތައް ބަލަން ޖެހޭ... ލޭމް އިސްތިއުފާ ދޭން ޖެހޭ" މުޒާހަރާގައި ބައިވެރިވެ ލީޑް ކުރާ މީހަކު ބުންޏެވެ.

އަނބުރާ ގެންދަން ނިންމާފައިވާ އެކްސްޓްރެޑިޝަން ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންކޮންގް ފަސްގަނޑުގައި ހުރި މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. ހޮންކޮންގައި އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރި ވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ގިނަ ބަޔަކު ގަބޫލުކު ރާ ގޮތުގައި ލޭމްއަކީ ޗައިނާގެ ރައީސް އާއި ވަރަށް ގާތް ގުޅެމެއް އޮންނަ ބޭފުޅެކެވެ.