ހަބަރު

ރައީސް ޔާމީނާއި ޖަމީލް ކެމްޕެއިނަށް އަތޮޅުތަކަށް

Sep 5, 2019
17

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކުގައި ކެމްޕޭން ކުރައްވާ ތާއީދު އިތުރު ކުރެއްވުމަށް އދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ކެޕްމޭނަށް އަތޮޅުތަކުގެ ތެރެއަށް ފުރާ ވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މި ދަތުރަކީ ހަމައެކަނި ކެމްޕޭން ދަތުރެއް ނޫން ކަމަށާއި، ދަތުރުގެ މައި މަގުސަދަކީ ސަރުކާރުން ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުވުމުން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ރަނގަޅު ނަތީޖާއެއް އިދިކޮޅު ޕާޓީތަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ،

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިދިކޮޅުގައި އެމަނިކުފާނާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ސަރުކާރާއި ގުޅިވަޑައިގަތަސް ޕީޕީއެމާއި ކޮންގްރެސް ޕާޓީއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. އެ ބޭފުޅުން ދިޔައަސް ޕާޓީގެ އެއްވެސް ހަރަކާތަކަށް އުނިކަމެއް ވެސް ނާންނާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަނާ ގުޅި ވަޑައިގެންނެވި ބޭފުޅުންނަށް އަމާޒު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "ފެން އޮންނަ ތަނަކަށް މަސް" ދާނެ ކަމަށެވެ. އަދި ވިދާޅުވީ، ޕީޕީއެމާއި ކޮންގްރެސްގެ ތެރޭގައި ހައްލު ކުރަން ޖެހިފައިވާ މައްސަލަތެއް އެބަހުރި ކަމަށާއި، މިއަދު ފައްޓަވާ ދަތުރުގެ ސަބަބުން ޕާޓީގައި ހައްލު ކުރަން ޖެހިފައިވާ ކަން ކަމަށް ހައްލު ލިބި ޕާޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

އެމަނިކުފާނާއެކު އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅުނު ކަމުގައިވިޔަސް، ކައުންސިލް އިންތިހާބާއި އެނޫން ސިޔާސީ ކަމައެއްގައި ޖުމްހޫރީ ޕާޓީއާއެކު މިވަގުތު އިސްވެ މަސައްކަތް ނުކުއްރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ ޔާމީން ވިދާޅުވީ، މި ސަރުކާރުން އަދ އެއްވެސް މަޝްރޫއެއް އަދި ދައުލަތަށް ފައިސާ ވަންނާނެ މަސައްކަތެއް ވެސް ފަށާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން އާއެކު ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި އަދި ރައީސް ޔާމީންގެ ނައިބު ރައީސް ކަމުން ބޭރުކޮށްލެވުނު، ޖަމީލް މިއަދު ވިދާޅުވީ، ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ރައްޔިތުން ގެނައީ ރާއްޖޭގެ އޭރުގެ ހާލަތަށް ބަދަލެއް ގެންނަން ކަމަށެވެ. ނަމަވެސް ގެނައި ބަދަލާއެކު ރައްޔިތުން މިހާރު މާޔޫސްވެ އާ ބަދަލަކަށް ބޭނުންވެފައިވާ ކަމަށެވެ. އެހެންކަމުން ގައުމާއި ދޭތެރޭ ވިސްނާ ކޮންމެ މީހަކު މިހާރު ގައުމުގެ ކުރިމަގަށް ވިސްނައި މަސްއްކަތް ކުރަން ޖެހި ރައްޔިތުންނަށް އުއްމީދުތަކެއް ހޯދާއި ދޭން ޖެހޭ ކަމަށެވެ.

މި ދަތުރުގައި ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރުން ކަމަށްވާ ޑރ. މުހައްމަދު މުއިއްޒާއި އާދަމް ޝަރީފާއި މުހައްމަދު ސައީދާއި ޕީޕީއެމާއި ކޮންގްރެސްގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.