ޒިމްބާބްވޭ

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަަހާރަވެއްޖެ

ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރު އަދި އެ ގައުމުގައި 30 އަހަރު ވަންދެން ރައީސްކަން ކުރެއްވި ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހަރާވެއްޖެ އެވެ. އަވަހާރަވީ އުމުރުން 95 އަހަރުގަ އެވެ.

މުގާބޭއަކީ އަކީ ޒިމްބާބްގެ ދެވަނަ ރައީސެވެ. މުގާބޭ ވަނީ 1987 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ އެ ގައުމުގެ ރައީސްކަން ކުރައްވާފަ އެވެ. މުގާބޭ އަވަހާރަވެފައި ވަނީ މިދިޔަ އެޕްރީލް މަހުން ފެށިގެން ސިންގަޕޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ.

އެފްރީކާގެ ބައްރުގެ ޔޫނިއަން ކަމަށްވާ، އެފްރިކަން ނޭޝަނަލް ޔޫނިއަންގެ ޗެއާގެ މަގާމުވެސް ފަސް އަހަރު ވަންދެން މުގާބޭ ވަނީ ފުރުއްވެވި އެެވެ. މުގާބޭ އަކީ ނޮން އަލައިން މޫވްމެންޓުގެ 10 ވަނަ ސެކްރެޓަރީ ޖެނެރަލެވެ.