ކަނޑުމަތީގެ ހާދިސާ

32 މީހުނާއެކު ދަތުރުކުރި ފެރީއެއް ފަރަށް އަރައިފި

މީގެ ކުރިން ފަރަކަށް އަރާފައިވާ ދޯންޏެއް: މިރޭ ވަނީ ފެރީއެއް ފަރަށް އަރާފައި -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

ނ. އަތޮޅުން ފުރައިގެން 32 މީހުންނާއެކު ދަތުރު ކުރި ފެރީއެއް ފަރަކަށް އަރައިފި އެވެ. މީހަކަށް ގެއްލުމެއެް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ދަތުރު ކުރަމުން އައި "ކޮމްފޯޓް އެކްސްޕްރެސް އެމްއެސް 1" މާލެ އަތޮޅު ކަގި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތު ކަނޑު އޮޅީގެ ފަރަށް އެރުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

ކޯސްޓްގާޑަށް އެ މައުލޫމާތު ލިބިފައި ވަނީ، މިރޭ 9:40 އެހާކަންހާއިރު އެވެ. އެ ފެރީގައި 11 އަންހެނުންނާއި، ހަތަރު ކުޑަ ކުދިންގެ އިތުރުން 16 ފިރިހެނަކާއެކު 32 މީހުން ތިއްބެވެ.

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށް ބައެއް ހިސާބުތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެހެން ކަމުން އެ ސަރަހައްދުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދޭން ވެސް ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345