ސައިންސް

ޖުޕިޓާގައި ދިރުން ވެދާނެ، ދިރާސާ ފުޅާކުރަނީ!

ޒަމާނީ ޓެކްނެލޮޖީގެ އެހީގައި ޖައްވީ ދިރާސާތައް ކުރަން ފެށުމުގެ، ކުރިން ކޮށްފައިވާ ދިރާސާތަކުގެ ސައްހަ ކަމާމެދު ދަނީ ސުވާލު އުފެދެމުންނެވެ. މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔެ ނޫން އެހެެން ތަނެއްގައި އެއްވެސް ކަހަލަ ދިރުމަކަށް ނޫޅުވޭނެ އެވެ. އެއީ އެހެން އެއްވެސް ޕްލެނެޓަކުން ފެނުގެ އަސަރު ފެނިފައި ނުވާތީ އެވެ. އަދި އެ ޕްލެނެޓްތަކުގައި ދިރުންތަކަށް ނުރައްކާތެރި ގޭސް ގިނަ އަދަދަކަށް ހިމެނޭތީ އެވެ. އެކަމަކު ޒަމާނީ ޓެކްނޮލީގެ އެހީގައި ކުރަމުންދާ ދިރާސާތަކުން ދައްކާ ގޮތުގައި ޖުޕިޓާގައި ވެސް ދިރުމެއް ވެދާނެ އެވެ.

ފަހުގެ ދިރާސާތަކަށް ބުރަވެ ސައިންސްވެރިން ބުނަމުން ދަނީ، އެތަކެއް މިލިއަން އަހަރު ކުރިން ޕްލެނެޓްތައް އޮންނާނީ ދުނިޔެ ވެސް މިއޮންނަ ގޮތަށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި ފެން އެވަޕަރޭޓްވެ ހަނަފަސް ސަހަރާއަކަށް ވެގެން ދިޔައީ އެވެ. އެހެންކަމުން އޭރު ހުރި ބައެއް ދިރުންތައް މިހާރު ވެސް މަރުނުވެ ހުރުން އެކަށީގެންވެ އެވެ. ސަބަބަކީ އެ ޕްލެނެޓްތަކުގައި ހުންނަ ގަނޑުފެންތަކަށް އިރުގެ ހޫނުކަން ލިބުމުން ވިރިގެން ދާތީ އެވެ. އަދި އުފެދޭ ފެންގަނޑުގައި ޖަރާސީމު ނަމަވެސް ހުންނާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ދިރާސާތަކުން ލިބުނު މައުލޫމާތުގެ އަލީގައި މިހާރު ނާސާ އާއ ޔޫރަޕިއަން ސްޕޭސް އެޖެންސީން ވަނީ 2029 ވަނަ އަހަރު ޖުޕިޓާއަށް ފޮނުވާނެ ޖައްވީ ދެ އުޅަނދު ބަނުމުގެ މަސައްކަތް ފަށާ އެވެ. މިއުޅަނދުތަކަށް އަދި ނަން ކިޔާފައެއް ނުވެ އެވެ. ނާސާގެ ބެލުމުގެ ދަށުން ޔޫރަޕިއަން ސްޕޭސް އެޖެންސީން ބަންނަ މި އުޅަނދުތަކުގެ ބޭނުމަކީ އިރުގެ ހޫނުގެ ސަބަބުން ވިރިގެންދާ ގަނޑުފެނުން މިނަރަލް ހޯދުމާއި ޗަކަކޮށް ހުންނަ ސަރަހައްދުތައް ދިރާސާ ކުރުމެވެ.

ޖުޕިޓާގެ ބޮޑު މިނުގައި 69,911 ކިލޯމީޓަރު ހުރެ އެވެ. އެހެން ކަމުން ޖުޕިޓާގެ ދިރާސަތަކަށް 10 އަހަރުވަރު ހޭދަވާނެ އެވެ.

ޔޫރަޕް ސްޕޭސް އެޖެންސީގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ޖުޕިޓާގައި ހުރި ވިހަ ގޭސްތަކާ ދެކޮޅަށް ދިރުމެއް އުޅެ އެވެ. އެހެން ބުނާ ސަބަބަކީ، ޖުޕިޓާގައި ވިހަ ގޭސް ހުރި ނަމަވެސް، ގަނޑުފެނުން ބޭރުވާ އޮކްސިޖަންއިން ވިހަ ގޭސްތަކާ ދެކޮޅަށް މަސައްކަތްކުރާތީ އެވެ. އެ ދިރުމެއް ރައްކާވެފައި ވަނީ ގަނޑުފެންތަކުގެ އެތެރޭގައި ކަމަށް ވެސް އެޖެންސީގެ ސައިންސްވެރިން ބުނެ އެވެ.

"އެ ވަދާނެ ޖަރަސީމަކަށް ވެސް، މިނަރަލްގެ ބާވަތަކަަށް ވެސް، ނޫނީ ވައިރަސް އަކަށް ވެސް، މިއިން އެއްވެސް އެއްޗެއް ފެނިއްޖެނަމަ މިއީ ވަރަށް ބޮޑު ކުރި އެރުމެއް، އެކަމަކު ސުވާލަކީ އެ އެއްޗެއް ހުންނާނެ ސިފަ، ޔަގީނާ ގާތަށް ބުނަން އެނގޭ އެއް ކަމަކީ ހަމަލޮލަށް އެ ދިރުމެއް ނުފެންނާނެކަން" ޔޫރަޕް ސްޕޭސް އެޖެންސީގެ ސައިންސްވެރިންގެ ޓީމުން ބުންޏެވެ.

ނާސާގެ ބެލުމުގެ ދަށުން ފޮނުވާ ދެ ޖައްވީ އުޅަނދުގެ އިތުރުން ޔޫރަޕިއަން ސްޕޭސް އެޖެންސީން އިތުރު ޖައްވީ އުޅަނދެއް ޖުޕިޓާއަށް ފޮނުވަން ވެސް ވަނީ ނިންމާފަ އެވެ. އެ އުޅަނދުން ކުރާނެ ކަމަކީ ޖުޕިޓާގެ ގަނޑުފެންތައް ވިރުވާލައި ފެން ފަށަލައެއް އުފެއްދުމެވެ. މިއީ ޖުޕިޓާގައި ދިރުން އާލާ ކުރުމުގެ ބޭނުމުގަ އާއި ޖުޕިޓާގައި ހުރި ގޭސްތައް ފިލުވައިލަން ކުރާ ކަމަކެވެ.

ޖުޕިޓާގައި ހުރި ގޭސްތައް ނައްތާލެވިއްޖެނަމަ ދިރުންތަށް ހަލުވި ކަމާއެކު ފެތުރިގެންދާނެ އެެވެ. އަދި އޮކްސިޖަން ލެވެލް މަތިވުމުގެ ސަބަބުން އެހެން ދިރުންތަށް އުފެދޭނެ ކަމަށް ވެސް ޔޫރަޕްގެ ސައިންސްވެރިން ވަނީ ބުނެ އެވެ.