އެޕަލް

އެޕަލް އިން ގޫގުލްއަށް ރައްދުދީފި

ގޫގުލްއިން ހެދި ދިރާސާއެއްގައި އެޕަލްގެ ފޯނުތައް ހެކް ކޮށްގެން އެޖެންސީއަކުން މެސެޖާއި ފޮޓޯތައް ބަލަމުންދާ ކަމަށް ބުނެ ތައްޔާރުކުރި ރިޕޯޓުގައި، އެ މައްސަލަ ހައްލު ކޮށްފައިވާ ކަމުގެ ވާހަކަ ހިމަނާފައި ނުވުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެޕަލް އިން ވާހަކަ ދައްކައިފި އެވެ.

އެޕަލް ކުންފުނި ނެރުނު ބަޔާނެއްގައި ބުނީ، ގޫގުލްގެ އިން އާންމު ކުރި ރިޕޯޓާއި ގުޅިގެން، އެޕަލްގެ ވަރަށް ގިނަ ކަސްޓަމަރުންގެ ކަންބޮނޑުވުން އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނީ، އެޕަލްގެ ފޯނުތަކުގައި ހުރި ސެކިއުރެޓީ މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ. އަދި ގޫގުލް އިން އެ ރިޕޯޓް ނެރުނީ ސެކިއުރެޓީ މައްސަލަ ހައްލުކޮށްފައި ވަނިކޮށް ކަމަށެވެ.

ގޫގުލް އިން އާންމުކުރި ރިޕޯޓުގައި ވާގޮތުން، ރައްކާތެރި ނޫން ސައިޓުތަކަށް ވަނުމުން ފޯނުގައި ހުންނަ ފޮޓޯ ތަކާއި މެސެޖްތައް އެ ސައިޓު ހިންގާ މީހުންނަށް ލިބެން ހުރެ އެވެ. އަދި އެކަހަލަ އެތަކެއް ސައިޓުތަކެއް ހުންނާތީ އެ ސައިޓުތަކަކީ ސީދާ އެޕަލްގެ ފޯނުތަކަށް އަމާޒު ކޮށްގެން ހިންގާ ސައިޓުތަކެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެފަދަ ސައިޓުތަށް ހިންގަނީ ދެ މަހެއްހާ ދުވަސް ވަންދެން ކަމަށް ވެސް އެޕަލް އިން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، އެޕަލް އިން އަބަދުވެސް މަސައްކަތް ކުރަނީ ފޯނުގައި ހުންނަ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރުތައް ހިފަހައްޓަން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އަޕްޑޭޓްތައް ދޭތެރެއިން ފޯނުތަކަށް ފޮނުވާ ކަަމަށެވެ. ގޫގުލްއިން އެޕަލްގެ ފޯނުތަކުގައި ސެކިއުރެޓީ މައްސަލައެއް ހުންނަ ކަމަށް ބުނެ ރިޕޯޓް އެކުންފުނީގެ އާ ފޯނުތަށް ލޯންޗުކުރަން އުޅެނިކޮށެވެ.

އެޕަލް އިން އަންގާރު ދުވަހު ލޯންޗު ކުރަނީ އައިފޯން 11 ޕްރޯ، އައިފޯން 11 ޕްރޯ މެކްސް އަދި އައިފޯން 11 އެވެ. މި ފޯނުތަކުގެ އަގު އާންމު ކުރަނީ އެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

އާ ފޯނު ލޯންޗު ކުރުމަށް މަދު ދުވަސްތަކަކަށް ވެފައި ވަނިކޮށް، އެފަދަ ރިޕޯޓެއް ގޫގުލްއިން އާންމު ކުރިޔަސް އެކަމާ ކަންބޮޑުނުވާ ކަމަށް ވެސް އެޕަލް އިން ވަނީ ބުނެފަ އެވެ.