ހަބަރު

ރައްކާތެރިވޭ: ތެލެސީމާ ކުދިންނަށް މަނާ ބޭހެއް ދެނީ!

ތެލެސީމިއާ ކުދިންނަށް "ތެލިޑޮމައިޑް" ކިޔާ މަނާ ބޭހެއް ދެމުންގެންދާ ކަމަށާއި ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން އެކަމާމެދު ސަމާލުވާން އަދި ވަޑައިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް އެކަން އާންމުންގެ ސަމާލްކަމަށް ގެނެސް ދެއްވައިފި އެވެ.

ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޕޫނޭން ތެލެސީމިއާ ކުދިންނަށް ދޭ، މަނާކޮށްފައިވާ ބޭހެއް ކަމަށްވާ "ތެލިޑޮމައިޑް" ބޭނުންކުރާ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ކުދިންގެ ސަލާމަތަށް ވިސްނަންޖެހޭ ކަމަށެވެ.

އަދި ގޮތް ބަލަންކުރާ ދިރާސާއެއްގައި އަމިއްލައަށް ބައިވެރި ވިޔަސް، ނުރައްކާ ވުމުން އެ ދިރާސާއިން ވަކިވުން އޭގެ ބައިވެރިން ދަސް ކުރަންޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވެފައި ވެއެވެ.

ފައިސަލް މިކަން ސަމާލު ކަމަށް ގެނެސް ދެއްވުމުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވިދާޅުވީ އާންމު ގޮތެއްގައި ދިރާސާ ކުރަނީ ހުއްދަތަކެއް ހޯދުމަށްފަހުގައި ކަމަށެވެ. މި ބޭސް ބޭނުން ކުރާއިރު ނުރައްކާވެފައި ވަނީ ދިރާސާގެ ނަތީޖާއަށް އަތުވެދާނެ ބަދަލެއްގެ ސަބަބުން ހަށިގަޑަށް ލޭ ނޭޅުމަށް ތެލެެސީމިއާ ކުދިން ގާތުގައި ޑޮކްޓަރުން ބުނެފައި އޮތުމުން ކަމަށެވެ.

އަދި މިފަދަ ދިރާސާއެއް ކުރިއަށްގެންދާ ހޮސްޕިޓަލްތަކާއި ރާއްޖޭގެ ސިއްހީ ދާއިރާގައި އިސް ފަރާތްތަކުން ބައްދަލު ކުރަން ޖެހޭނެ ކަމަށެވެެ.

އިންޑިއާގެ ޕޫނޭން ތެލެސީމިއާ ކުދިންނަށް ދެމުންދާ މަނާ ކޮށްފައިވާ ބޭހެއް ކަމަށްވާ "ތެލިޑޮމައިޑް" ބޭނުންކުރާ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ކުދިންގެ ސަލާމަތަށް ވިސްނަންޖެހޭ ކަމަށް ފައިސަލް ވިދާޅުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ތެލެސީމިއާގެ ނުވަ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ.

ތެލެސީމިއާ ގިނަ ކުދިންތަކެެއް ގާތްގާތުގައި މަރުވެފައިވާއިރު، އޭގެ ތެރޭގައި އިންޑިއާއިން ބޯންމެރޯ ހަދާފައިވާ މީހުން ވެސް ހިމެނެ އެވެ.