ދިރާގު

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން ފެތުމުގެ މުބާރާތެއް ބާއްވަނީ

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން އޯޕަން ފެތުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ސްވިމް މޯލްޑިވްސް އަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

"ދިރާގު މާލެ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2019" މި މުބާރާތަކީ އެއް ކިލޯ މީޓަރާއި 500 މީޓަރުގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތެކެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު، ހެނދުނު ހަޔަކުން 11 އަށް ބާއްވާ މި މުބާރާތް އޮންނާނީ މާލެ ރަސްފަންނާ ދިމާ ބޭރުގައި ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.

އެއް ކިލޯ މީޓަރު ފެތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރަސްފަންނު ސަރަހައްދުން ބޭރުންނެވެ. އަދި 500 މީޓަރު ފެތުން ކުރިއަށް ދާނީ ރަސްފަންނު ސަރަހައްދުގައި ކަމަށް ދިރާގުން ބުންޏެވެ.

ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އުމުރުފުރާތަކުގެ ތެރޭގައި 50 އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިފައިވާ ކެޓަގަރީއެއްވެސް ހިމެނެ އެވެ.