ހަބަރު

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

އއ އަތޮޅުގެ ހަލަވެލި ރިސޯޓުން މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، އެ ރިސޯޓުން މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ ކޮރެއާ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ގެނބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަަރުވެފައިވާ ކަމަށެވެ.

މި އަހަރު ކުރީކޮޅު ގިނަ ފަތުރުވެރިން ވަނީ ޑައިވިން އަށް ގޮސް އާއި މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވެފަ އެވެ. އެކަން ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.